ސ.މީދޫ އަދި ހުޅުދޫގެ ރައްޔިތުންނަށް ހުޅުވާލެވިފައިވާ ސިޓީއެއް.
އައްޑު އަތޮޅު މީދޫގެ “ކަޅިބިތެ” ނުވަތަ ރަށުގެ ފުއްޓަރު ފަރާތުގައި ޖަލެއް ހެދުމާއި ބެހޭ ގޮތުން މީދޫގެ ލޮބުވެތި ރަށްވެހިންނަށް ސަލާމަށްފަހު ލިޔަމެވެ.
މީދޫގައި ޖަލެއް އެޅުމުން ރަށުގެ ގިނަ ބަޔަކަށް ވަޒީފާލިބި ރަށަށް އިތުރު ތަނަވަސްކަން ލިބޭނެ ކަމަށް މީދޫގެ ގިނަ ބަޔަކު ގަބޫލުކޮށް ވާހަކަ ދައްކަމުންދާތީ އެކަމާއި ގުޅިގެން އަޅުގަނޑުގެ ވިސްނުމާއި ހިޔާލު ހުރި ގޮތްވެސް ވަރަށް އިހްލާސްތެރިކަމާއި އެކު ދަންނަވަމެވެ. އެންމެ ފުރަތަމަ ވާހަކަ އަކީ ޖަލެއް އަޅާ، ކުށްވެރިން ލައިގެން ޖަލެއް ހިންގުމުން ލިބޭނެ ފައިދާއާއި ގެއްލުމުގެ ވާހަކައެވެ. ތެދެކެވެ. ޖަލެއް އަޅާ ޖަލެއް ހިންގުމުން އާދައިގެ އެތައް ވަޒީފާ އެއް އެތާގައި އޮންނާނެއެވެ. ޖަލެއްގައި އޮންނަ ވަޒީފާތަކަކީ އާދައިގެ ކުޑަކުޑަ މުސާރައެއް ލިބޭނެ ވަޒީފާތަކެކެވެ. އެހެން ނަމަވެސް އެއިގެ ސަބަބުން ރަށުގެ އިގްތިސާދަށް ކުޑަ މިންވަރެއްގެ ފައިދާއެއްވެސް ކުރާނެއެވެ. ރަށުގެ ފިހާރަތަކުން އެތަނަށް ބޭނުންވާ ސާމާނު ގަތުމުން އެއީވެސް ރަށަށް ވަންނަ ކޮންމެވެސް މިންވަރެއްގެ ވިޔަފާރިއެކެވެ. ދެން އޮތީ ގެއްލުމުގެ ވާހަކައެވެ. ފައިދާހުރި ކަމެކޭ ކިޔާފަ އަޑު އުފުލަމުންދާ ބޭފުޅުން އެކަމުގެ ގެއްލުމުގެ ވާހަކަ ނުދައްކާ ކަމަށް ވިޔަސް ގެއްލުންތަކެއް ހުންނާނެ ކަން ހުރިހާ ބޭފުޅުންނަށްވެސް އެނގިލައްވާނެއެވެ. އެހެން ނަމަވެސް ގިނަ ބޭފުޅުންނަށް ބޮޑަށް އެނގިލައްވަނީ ވަގުތުން ވަގުތައް ލިބޭނެ ފައިދާއާއި ގެއްލުން ކަމަށް ބެލެވެއެވެ. ސުވާލަކީ ކާރި މުސްތަގުބަލެއްގައި ނުވަތަ ދުރު މުސްތަގުބަލުގައި އެކަމުން ކުރާނީ ފައިދާތޯ ނުވަތަ ގެއްލުންތޯއެވެ. ލިބޭނެ ފައިދާ އަޅާ ކިޔަންވާނީ އަޅުގަނޑުމެން އަތުން ގެއްލިގެންދާ އެންމެ އަގުބޮޑު ވަސީލަތް އާދެ ބިމާއި އަދި ކުށްވެރިންގެ ސަބަބުން ރަށުގެ މުޖުތަމައަށާއި މާހައުލަށް ލިބޭނެ ގެއްލުމާއިއެވެ. މި ގޮތުން ބަލާއިރު މުޅި ރާއްޖޭގައިވެސް އާބާދީގެ ގޮތުން ބަލާއިރު ބިމުގެ ގޮތުން އެންމެ ފަގީރު ނުވަތަ އާބާދީގެ ކޮންމެ ބޮލަކަށް ބިމުން ޖެހޭ މިންވަރު އެންމެ ކުޑައަތޮޅަކީ އައްޑޫ އަތޮޅެވެ. މުޅި އައްޑޫ އަތޮޅުގައިވެސް މިހާރު ތަރައްގީގެ މަޝްރޫޢު ހިންގަންވެސް ސިނާޢީ މަސައްކަތް ކުރަންވެސް ނުވަތަ ދަނޑު ހައްދަންވެސް އޮތްހާވެސް ބިންކޮޅަކީ މީދޫގައި އޮތް ހުސް ބިންކޮޅެވެ. ހަގީގަތުގައި ޖަލެއް އެޅުން ފަދަ ކަންތަކަށް ބިން ނަގަން ވެއްޖެ ނަމަ މީދޫގައި ތިއޮތް ހުސް ބިން ކޮޅަކީ މާ ބޮޑު އެއްޗެއް ނޫނެވެ. ޖަލެއް އަޅާ އެޖާ ހިންގުމަށް ބޭނުންވާ ބިމަކީ ވަރަށްވެސް ބޮޑު ބިމުގެ ސަރަހައްދެކެވެ. ޚާއްސަކޮށް ބިން ހުސްވެފައިވާ ސަރަހައްދަކަށް ބަލާއިރު އެފަދަ ބިމެއްގެ އަގު ވަރަށް ވެސް ބޮޑުވާނެއެވެ. އަޅުގަނޑުމެން ވިސްނަންވީ ބިމުގެ ނިސްބަތުން މިވަރުގެ ބިމެއް ރަށުން ނެގޭއިރު އެފަދަ ބިމެއްގައި ޖަލަކަށްވުރެ ފައިދާހުރި ޒަމާނީ ތަރައްގީ އާއި ތަހުޒީބާއި ގުޅޭ މަޝްރޫޢެއް ހިންގުމަށެވެ. ހަމަ ގައިމުވެސް ޖަލެއްގެ ސަބަބުން ރަށުގެ މުޖުތަމަޢަށް ލިބޭނެ ފަދަ އެއްވެސް ގެއްލުމެއް ނުލިބޭނެ އިގްތިސާދީ ގޮތުންނާއި އިމްރާނީ ގޮތުން ފައިދާ ހުރި ކިތަންމެ ކަމެއްވެސް ކުރެވިދާނެއެވެ. މިސިޓީއަކީ އެފަދަ މަޝްރޫޢުތަކާއި ބެހޭ ގޮތުން ތަފްސީލް ދެއްވަން ލިޔާ ސިޓީއަކަށް ނުވާތީ އެވާހަކަ ލިޔާކަށް ނެތީމެވެ. ވަޒީފާގެ ފުރުސަތު އިތުރު ކުރަން އަޅުގަނޑުމެން ވިސްނަންވީ ޒަމާނީ ތަރައްގީއާއި ތަހުޒީބުގެ ތެރެއިންނެވެ. އެއް ގޮތަކަށްވެސް އަޅުގަނޑުމެންގެ ލޮބުވެތި ވަތަން ޑަމްޕިން ގުރައުންޑަކަށް ހަދައިގެން އެތާ ކުނި ސާފުކޮށް ކައްކާ ހަދައިގެނެއް ނޫނެވެ. މިކަހަލަ ކިބަޅި ކަންތައް ރަށަށް އެތެރެ ކުރާނަމަ އަބަދުވެސް ހުޅުދޫ މީދުއަކީ އައްޑު އަތޮޅުގައި އޮންނާނެ އެންމެ “ބެކްވާރޑު” ދެރަށެވެ. ޒަމާނީ ތަރައްގީއާއި ތަހުޒީބުގެ ރޮގުންނެވެ. ކޮމެންޓް ލިބޭ ވަރަކުން މިސިޓީއާއި ގުޅޭ އިތުރު ބައިތައް ފޮނުވައި ދޭނަމެވެ.
އިހްތިރާމާއި ސަލާމް . އަދި ވަރަށް ސަލާމް !
21 މެއި 2010 މ.
“އަލިފުޒާލު”

މި ކަމުގެ ސަބަބުން ރަށަށްވާނީ ފައިދާ. އެއީ ރަށުގެ އެކި މީހުންނަށް ވަޒީފާގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ލިޔުމުގައި ކުޑަ މުސާރަ ލިބޭވާހަކަ އޮތުމުން އަޅުގަނޑު އެކަމާ ދެކޮޅުވަމެވެ. ސަބަބަކީ މިހާރުވެސް ރާއްޖޭގެ ޖަލު ބަލަހައްޓަމުންދާ ޑީޕީއާރއެސް މުވައްޒަފުންނަށް މަހަކު ލިބޭވަރު މިސިޓީ ލިޔުނު ފަރާތަށް އެނގިލެއްވިތޯއެވެ. އެތަނުގެ މުވައްޒަފަކަށް މިހާރުވެސް މަހަކު -/12000 ރުފިޔާ އާއި -/10000 ރުފިޔާއާއި ދެމެދު ޢަދަދެއް ލިބެއެވެ. ވުމާއެކު ވަކިއަތަކަށް ބުރަވެ މިފަދަ ލިޔުންތައް ނުހިމަނާށެވެ.
އާދެ! ތިޔަ ހުޅުވާލެވިފައިވާ ސިޓީގައި ވަރައް ގިނަ އަދަދެއްގެ މީދޫ މީހުން މީދޫގައި ޖަލެއް އެޅުމައް ތާއިދު ކަމައް ދޭހަވާފަދަގޮތަކައް ލިއުގައިވާތީ އަހަރެން ވަރައްހިތާމަކުރަން އެއީ އަމިއްލަ ވަގުތީ ފާއިދާ އަށް ވިސްނުނު މަދުބައެއް.
ހުޅުދޫއާއި މީދޫގައި ޖަލެއް ހެދުމަކީ އެއްވެސް މައްސަލައެއް ނޫން . މީދޫއާއި ހުޅުދޫގައި ޖަލެއް ހަދާކަމަށްވާނަމަ އެކަން ކުރުވުމަށް ހުޅުދޫއާއި މީދޫގެ ރަށްޔިތުން ނިކުމެ އަވަސްކުރުމަށްއެދި ސަރުކާރަށް އިލްތިމާސް ކުރުމަށް އެދި ދަންނަވަން
މިލިޔުމުގައި އެމް އެލް އިން މިލިޔުމުގައި މީދޫގައި ޖަލެއް އެޅުމަށް ހުޅުދޫ އާއި މީދޫގެ ގިނަ ބަޔަކު އެއްބަސް ކަމަށް ލިޔެފައިވާތީ ހީވަނީ އެމް އެލް އިން ތާޢީދު ކުރާތީވެ ގިނަ ބަޔަކު ޤަބޫލު ކަމަށް ލިޔެފަ ޕަބްލިޝް ކުރަން ބޭނުން ވެގެން ކުރި ކަމެއްހެން. މީދޫގެ މެޖޯރިޓީ މީދޫގައި ޖަލެއް ހުރުމަކަށް ނޭދޭ.
ޢައްޑު އަތޮޅު މީދޫ ކަޅިބިތެ ފަރާތުގައި ޖަލެއް އަޅައިފިނަމަ ކުރިމަގުގައި ޢާއްމުކޮށް އައްޑު އަތޮޅަށް، ޚާއްޞަކޮށް ހުޅުމީދޫއަށް ކުރާނެ ނޭދެވޭ އަސަރުތަކާއި އިޖުތިމާޢީ ގޮތުން ލިބޭނޭ ގެއްލުމާބެހޭގޮތުން އެއްޗެއް ދަންނަވާލުމަކީ މިފަދަ ފުރުޞަތެއްގައި ކުރެވޭނޭ ވަރަށްވުރެ މާބޮޑު ކަމެކެވެ. ވިމާ އަޅުގަނޑު ދަންނަވާލާނީ ހަމައެކަނި އެފަދަ ތާކުން ލިބޭނޭކަމަށް ގިނަބަޔަކު އުއްމީދުކުރާ ވަޒީފާތަކުގެ ސަބަބުން ލިބޭނޭފައިދާގެ އަނެއްކޮޅު ކަމުގައިވާ ގެއްލުމާބެހޭ ގޮތުންނެވެ. – ވަކި ބައަކަށް ވަޒީފާލިބުން ނުވަތަ ވަޒީފާއަށްޓަކައި ތިމާ ޤަބޫލުކުރާ ގޮތް ޤުރުބާން ކުރަންޖެހުން. – ސިޔާސީ މަޤާމު ތަކުގެ މީހުން ފިޔަވައި އެހެނިހެން މަޤާމުތަކަށް (ސިވިލް ސަރވިސް ގެ މަޤާމު ތަކަށް) ދަށްމުސާރަ ލިބުން – އިޚްލާޞްތެރި ކޮށް މަސައްކަތް ކުރަން ބޭނުންވާ ސިކިޔުރިޓީ އޮފިސަރުން، ގާޑުން ފަދަ މީހުންނަށް ޖަލުމީހުންގެ ރުޅިވެރިކަން އަމާޒު ވުމުގެ ސަބަބުން ސިއްރިޔާތުގައި ގައިދީންނަށް އެމީހުން ޑިމާންޑް ކުރާ ކޮންމެ ކަމެއް ކުރަން މަޖުބޫރުވުން. ނަތީޖާއަކީ ކޮންމެވެސް ދުވަހަކުން ޝަރީޢަތުގެ ކުރިމައްޗަށް ޙާޟިރު ވާންޖެހުން. – އިޚްލާޞްތެރި ކޮށް މަސައްކަތް ކުރަން ބޭނުންވާ ސިކިޔުރިޓީ އޮފިސަރުން، ގާޑުން ފަދަ މީހުންނަށް ޖަލުމީހުންގެ ރުޅިވެރިކަން އަމާޒުވެ، ގައިދީންނަށް ކާންދިނުމަށް ނުވަތަ އެހެނިހެންވެސް ޚިދުމަތެއް ދިނުމަށް ވަންނަވަގުތު ރަހީނުކޮށް ހިތްފަޅައިގެންދާވަރުގެ ބޮޑެތި އަނިޔާ ދިނުން. – ގައިދީން ދޭތެރެ ދޭތެރެއިން ފިލައިގެން ރަށުތެރެއަށް އަރައި ވައްކަން ކުރުމާ، މީހުންގާތަށްވަދެ ޖިންސީއެދުން ގަދަކަމުން ފުއްދުމާ މިބާވަތުގެ އެތައް ކަންތައްތަކެއް ފެށިގެން ދިއުން. – ދޭތެރެ ދޭތެރެއިން ގައިދީން ޖަލުގައި ހަޅުތާލު ހަދައި، ޖަލުރޯކޮށްލުންފަދަ މުޅި އަތޮޅުގެ ރައްޔިތުން ބިރުން ފިތްކަނޑައިގެންދާފަދަ ކަންތައްތައް ހިންގުން. އަދި މިނޫނަސް މިފަދަ އެތައް ކަމެކެކެވެ.
މިކަމުން ލިބޭނެ ކަމަށް ލަފާ ކުރާ ފައިދާ އެއްމެ ރަނގަޅަށް އެނގޭނީ މާފުށީ ރައްޔިތުންނަށެވެ. ވިސްނަވާށެވެ. ނުރައްކާތެރި ނޮފޮރުއްޕާން ކަމެކެވެ. މިކަމުން ލިބޭނެ ފައިދާއެއް ނެއްއިރު މުޖުތަމަޢް މިހާރުވެސް ތިއޮތް ޙާލަތައް ވުރެ ދަށު ދަރަޖައަކަށް ވެއްޓޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އަވަހަށް މިކަމުން ސަލާމަތް ވޭތޯ މަސައްކަތް
MEEDHOO GA JAA ELHUMUGE BADALUGA AHDU ATOLHU MARADUOO MARADUOO FAIDUOO MEEDHOO GA GE ALHAANE BIN NEATIFA ETIBA MEEHUN NA BIN DEEGEAN EMEEHU E SRAHADUGAA AABAADU KUREEMA MEEDHUOO MAA BODA TARAH GEEVAANE ADI MAA GINAFAISAA RASHA VANNAANE MEE ALHUGNDUGE HIAAL JAAELHUMAKEE EVES GOTAKA AFIRIN GABOOLU KERAANE KAMANOON
އަޅުގަނޑު ހިތައް އަރަނީ މީދޫގެ ތިއުޅޭ މަދު ބަޔަކު އަޑުވެސް ނާހަނީތޯ ދިވެހިރާއްޖޭގެ އެންމެ ހައި ސެކިއުރީޓީ ޖަލުވެސް 2 ދުވަހުން އެއްދުވަހު ތަން ހަލާކު ކޮށްލަފައި ރޯކޮށްލާފައި ހައިޖާނު ހަދާ އަޑު . މީދޫގައި އަޅަން ތިއުޅެނީ ޔާސީން ފޮތް ކިޔަވަން ތިބޭ ބަޔަކު ބައި ތިއްބަންތޯ .
meedhoo jala hedhuma vure maaragalha meedhooge thibi vaalaai yaaraai ne anhenunna bohiyaa vahikama hodhaidheregen e nikamethi anhenun laagen thebenaa kalhibi faraa govaan keraahe kamas. mi addu athelhe bin o fei adhi meehun gina vefei mi athelhe verikan keraa rashakee hithadhoo ehen v mei ma v fenei hithadhoo jala hadhaa…..
ބަލަ މީ ހައިރާންވެގެންހިގާ ބާކިޔައި ރައީސް ވިދާޅުވީ ޖަލައް އެޑާނެ ވާހަކާއްނުނޭ ވިދާޅުވީ ލޯ ކޮލެޖައް އެޑައިދޭނެ ވާހަކަނުނީ…..
ބަލަކަލޭމެން ތިތިބީ ހަމަހޭގަތަ؟ އަޅެފަހެ މިއީ 21ވަނަ ގަރުނައޭ! ޒަމާނަށްއަންނަ ބަދަލާއިއެކު މީހުންގެ ވިސްނުން ތަރައްގީވާވާހަކަ އަޑުއަން އެކަމަކު އެހެނެއްނޫން މިވަނީ.. މިއީ މިދިޔަ 30އަހަރުގެ ވިހައަސަރު ދޯ އަދިވެސް. މިއުޅެނީކީ ފަނުން ނުވަތަ ސަތަރިޖަހައިގެން ޖަލެއް ހަދާކަށް ނޫން. ސ.މީދޫގައި ޖަލެއްހަދާތީވެ އެކަމާ އުފާވާންވީ.. ފަހުރުވެރިކަމާއެއްކޮށް ބުނެވެން އޮންނާނެ އަޅުގަޑުމެން ރަށުގައި އަޅާފައި ހުރި ޖަލުގެ ފެންވަރު ރަގަޅޭ. ކުއްވެރިންގެ ހައްގު ފުރިހަމައަށް އެޖަލުން ދެވެޔޭ. މިރާއްޖޭގައި އިސްސާނުންނަށް ހަމަލަދޭފަދަ ވަލުޖަނަވާރު ތިބޭނަމަ އެފަދަ ތަކެތި އެންމެ ގިނަވާނީ މީދޫގެ ތިޔަ ބުނާޖަލެއް އަޅަން އުޅޭތަނެއްގައި. މީދޫއާއި އިންވެގެން އޮންނަ ހުޅުދޫ މީހުން ތިބީ އެރަށުގައި ޖަލުނާޅައިގެން އެކަމާ ދެރަވެފައި. ސަބަބަކީ އެރަށުގެ ޒޫވާނުންގެ ތެރެއިން ކުދިންކޮޅެއް ޖަލުތަކުގައި އުޅޭތީ. އެހެންކަމުން މިރަށުގެ ތަރައްގީއަށް މިލިބުނު ފުރުސަތުގެ ބޭނުން ރަގަޅުގޮތުގައި ހިފަންވީ.
ޖަލު އަޅަނީ އެއްކަލަ ބުނި ” ގުލްޒާރުގާ ނަޔާމަގޭ ނޫރާނީ މާ ފޮޅޭނެޔޭ ، ބުލް ބުލްތަކާ ކޮކާތަކާ ފަރިވާ އިރުން އުޅޭނެޔޭ”ގަައިވާ ބުލް ބުލްތައް ފަރި ކުރުމަށެވެ. އެހެންވީމާ މީދޫގައި ޖަލެއް އެޅުމަކީ ކިހާ މޮޅު ކަމެއްތޯއެވެ.
އަޅުގަނޑު ހިތައް އަރަނީ މީދޫގެ ތިއުޅޭ މަދު ބަޔަކު އަޑުވެސް ނާހަނީތޯ ދިވެހިރާއްޖޭގެ އެންމެ ހައި ސެކިއުރީޓީ ޖަލުވެސް 2 ދުވަހުން އެއްދުވަހު ތަން ހަލާކު ކޮށްލަފައި ރޯކޮށްލާފައި ހައިޖާނު ހަދާ އަޑު . މީދޫގައި އަޅަން ތިއުޅެނީ ޔާސީން ފޮތް ކިޔަވަން ތިބޭ ބަޔަކު ބައި ތިއްބަންތޯ .
alhan ulhey jaluga eves kahala faareh dhagandeh nujahaa kuvverin meedhoo valuthere ah dhookollan tho dhivehi sarukaarun ulhuvvanee? mi liyun kiyaaleema heevanee eyee hen hadhan ulhey gothakee.
އަޅުގަނޑު ހިތައް އަރަނީ މީދޫގެ ތިއުޅޭ މަދު ބަޔަކު އަޑުވެސް ނާހަނީތޯ ދިވެހިރާއްޖޭގެ އެންމެ ހައި ސެކިއުރީޓީ ޖަލުވެސް 2 ދުވަހުން އެއްދުވަހު ތަން ހަލާކު ކޮށްލަފައި ރޯކޮށްލާފައި ހައިޖާނު ހަދާ އަޑު . މީދޫގައި އަޅަން ތިއުޅެނީ ޔާސީން ފޮތް ކިޔަވަން ތިބޭ ބަޔަކު ބައި ތިއްބަންތޯ .