އެންމެ ހެޔޮވެގެންވަނީ ތަޤުވާވެރީންނެވެ.
ޝަރުޢުގައި ތަޤުވާއަކީ ޚާލިޤު ވަންތަ އިލާހުގެ އަމުރުފުޅުތައް ގެނެސްގަތުމާއި ނަހީތަކުން ދުރުވެގަތުމެވެ. އެބަހީ އަޅާއަށް ކުޅަދާނަވީ މިންވަރަކުން އަމުރުވެގެންވާ ކޮންމެކަމަކަށް ކިޔަމަންތެރިވުމާއި އަދި މަނާއާއި ނަހީވެގެންވާ ކޮންމެކަމަކުން ބަރީއަވެ ދުރުވެގަތުމެވެ. ﷲ سبحانه وتعالى، އެއްވެސް ނަފްސަކަށް އެނަފްސަކަށް ކުޅަދާނަވެގެން ނުވާވަރަކަށް ތަކްލީފެއް ނުޖައްސަވައެވެ.
ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ:
”وَتَتَّقُوا فَإِنَّ ذَلِكَ مِنْ عَزْمِ الأمُورِ“ ”ތިޔަބައިމީހުން ތަޤުވާވެރިވެ ކެތްތެރިވިނަމަ ފަހެ ހަމަކަށަވަރުން އެކަންވަނީ ޢަޒްމު ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.“ (އާލް އިމްރާން: 186)
އަދި ހަމައެހެންމެ ތަޤުވާވެރިވުމަކީ ތިމާގެ ޢަމަލުތައް އިޞްލާޙުވެ އަދި ތިމާގެ ފާފަތައް ފޮހެވިގެންދާ ކަމެކެވެ.
އެގޮތުން ﷲ سبحانه وتعالى ވަޙީކުރެއެއްވިއެވެ:
އަދި ﷲ سبحانه وتعالى، ތަޤުވާވެރީންދެކެ ލޯބިވެ ވޮޑިގަންނަވައެވެ. އަދި ތަޤުވާވެރިވުމަކީ ﷲ سبحانه وتعالى، އާއި އަޅާ އާއި ކައިރިކޮށްދޭ ކަމެކެވެ. އަދި ހަމަކަށަވަރުން މީސްތަކުންގެ ތެރެއިން ﷲ سبحانه وتعالى ގެ އަރިހުގައި މަތިވެރިކަމާއި މާތްކަން ތަޤުވާވެރީންނަށް ލިބިގެންވެއެވެ. އެގޮތުން ﷲ سبحانه وتعالى ވަޙީ ކުރައްވާފައިވެއެވެ:
އަދި އަހަރެމެން އެތަނަކުން ސަލާމަތްވުމަށް މިމަސައްކަތްކުރާ އަދި ބިރުވެރިކަމުން ފުރިގެންވާ ނަރަކައިން، ތަޤުވާވެރީން ސަލާމަތް ކުރައްވާނޭކަން އަންގަވައި ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ:
އަދި ހަމައެހެންމެ އަހަރެމެން އެތަނަކަށް އެދުންވެރިވާ ސުވަރުގެ ތައްޔާރު ކުރެވިގެންވަނީ ތަޤުވާވެރީންނަށް ކަމަށާއި އެމީހުންނީ އެސުވަރުގޭގައި އަބަދަށް ދެމިތިބޭނޭ ބައެއްކަން އަންގަވައި އެސުވަރުގެ ޙާޞިލްކުރުމަށް އަވަސްވެގަތުމަށް އަމުރުކުރައްވާފައިވެއެވެ.
އެގޮތުން ﷲ سبحانه وتعالى، ވަޙީ ކުރައްވާފައިވެއެވެ:
އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނެވެ! ﷲ سبحانه وتعالى އަށް ތަޤުވާވެރިވާށެވެ! އަދި މުސްލިމެއްގެ ގޮތުގައި މެނުވީ މަރުވެނުދާށެވެ!
