މިއަދުގެ ހަޤީގަތް އެނގޭހެއްޔެވެ؟

ހެޔޮކަންތަކަށް ވުރެ ނުބައި ކަންތައް ގިނަވެއްޖެއެވެ.
ކިޔަމަންގަތުމަށް ވުރެ އުރެދުން ބޮޑުވެއްޖެއެވެ.
ލަފާ މީހުންނަވުރެ ނުލަފާ މީހުން ގިނަވެެއްޖެއެވެ.
ހަލާލު ތަކެއްޗަށްވުރެ ހަރާމު ތަކެތި ޢާއްމުވެއްޖެއެވެ.
ސުލްހަ މަސްލަސްކަމަށްވުރެ ފިތުނަ ފަސާދަ ކުރިއަރައިފިއެވެ.
ނަސޭހަތް ތެރިވާ މީހުންގެ ބަހަށް ވުރެ ޙުޝާމަދު ކުރާ މީހާގެ ބަސް މޮޅުވެއްޖެއެވެ.
މޫނު މަތީގައި ސީދާ ހައްޤު ބަސް ބުނުމަށް ވުރެ ނެތިމޮށުން ރިވެތިވެއްޖެއެވެ.
އިސްލާމުންގެ މެދުގައި އަދި ކިޔެއްތަ އިންސާނުގެ މެދުގައި ހުރުން ވާޖިބުވެގެންވާ އެކުވެރިކަމާއި އޯގާ ވެރިކަން ނެތިއްޖެއެވެ.
މިހުރިހާ ކަމަކަށްވުރެ ބޮޑަށް ދުނިޔޭގެ އެދުންވެރިކަން އިންސާނުންގެ ތެރޭގައި މިވަނީ ބޮޑުވެފައެވެ.
މިހެން ވެއްޖެ ބަޔަކުގެ މެދަށް ދުނިޔޭގައި ވެސް ޒާތް ޒާތުގެ ބަލާތަކާއި ހަލާކުތައް ފޮނުއްވާނޭކަމަށް އެކަލާގެ ވަނީ އަންގަވައި ވަޢުދު ކުރައްވާފައެވެ.
