Live News From S.Meedhoo

ތިމާވެށި ދުވަހުގެ ޕްރޮގްރާމް

މީދޫ އޮފީހުގެ ޚާއްސަ ދަންނަވާލުން:

މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރަށުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތު ހިއްކިބިން ސަރަހައްދުގައި 05 ޖޫން 2010 (ހޮނިހިރު) ދުވަހު ހަވީރު 4.30 ގައި އޮންނާނެއެވެ. ވީމާ މިރަސްމިއްޔާތުގައި ބައިވެރިވެ ދުވަހާއި ގުޅޭގޮތުން ހިންގުމަށް ހަމަޖެހިފައިވާ ގަސްއިންދުމުގެ ހަރަކާތުގައި ރަށުގެ ކުދިބޮޑު އެއްމެހާ ބޭފުޅުން ބައިވެރިވެވަޑައިގެން ދެއްވުން އެދެމެވެ.

ދުވަހާއި ގުޅޭގޮތުން ބާއްވާ ޚާއްސަ ރަސްމިއްޔާތުގެ އެޖެންޑާ:

ހަވީރު 4.30 ގައި ޤްރުއާނުގެ ބަރަކާތުން ފެއްޓުން – ޝަމްސުއްދީން ސްކޫލް ދަރިވަރެއް

ތަޢާރަފު އެރުވުން – އެފް.އެމް.ޑީގެ ކައުންސިލް މެމްބަރ، އާމިނަތު ޒީނިޔާ

ދުވަހާއި ގުޅޭގޮތުން ވާހަކަދެއްކުން – ސ.އަތޮޅު މަދަރުސާގެ އެންވަޔަރަންމެންޓް ކްލަބްގެ ރައީސް

ދުވަހާއި ގުޅޭގޮތުން ވާހަކަދެއްކުން – ޝަމްސުއްދީން ސްކޫލްގެ އެންވަޔަރަންމެންޓް ކްލަބްގެ ރައީސް

ޝަރަފުވެރި މެހުމާންގެ ވާހަކަފުޅު ދެއްކެވުން – ޑރ.ސިމާދު ސަޢީދު

ދުވަހާއިގުޅޭ މެސެޖްތައް ދިނުން – މުއައްސަސާތަކުގެ ވެރިން

ގަސްއިންދުމުގެ ރަސްމިއްޔާތު ފެށުން – ސ.މީދޫ އޮފީސް، ހުޅުމީދޫ ޕޮލިސް ސްޓޭޝަން، ބެންކް އޮފް މޯލްޑިވްސް ހުޅުމީދޫ ބްރާންޗް، ޕަބްލިކް ވޯކްސް، ވިޔަފާރި ކުންފުނިތައް، ވިޔަފާރިވެރިން، މަސްވެރިން، ދަނޑުވެރިން، ޒުވާނުން، 65 އަހަރުން މަތީގެ ބޭފުޅުން، އެފް.އެމް.ޑީ

ބަނދަރު ސަރަހައްދާއި އާއްމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ޑަސްބިން ބެހެއްޓުން

ރިފްރެޝްމެންޓް/ނިންމުން

ޚިޔާލު

  • ފްރެންޑް ގެ ޚިޔާލަކީ:

    މި އީ ވަރަށް އުފާވެރި ޚަބަރެކެވެ. ރަށުގެ ފެންވަރުން މިކަހަލަ ކަންތައް ތައް ގިނަގިނައިން ބޭއްވުމަކީ ރަށުތެރޭގަ ބޭކާރު ކަންތަށް ކުރުމާ، ބޭކާރު ވާހަކަތަށްދެއްކުމުގައި އުޅުއްވާބޭފުޅުންނަށް އޮއް ފުރުސަތު ތައް ކުޑަވެގެން ދާނެކަމަކަށް ފެނޭ!. 

  • މީދޫ މީހާ ގެ ޚިޔާލަކީ:

    ރަށުގެ ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ރޫޙް އާލާކުރުމަށް ތިޔަކުރަށްވާ މަސައްކަތްތަކަށް ފަށްފަށުން ޝުކުރުދަންނަވަން. ތިޔަ ޕްރޮގްރާމް ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށް މަސައްކަތް ކުރަށްވާ ހުރިހާ ބޭފުޅުންނަށް ހިތްވަރުދެން.

  • Amy ގެ ޚިޔާލަކީ:

    ރަށުގެ ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ރޫޙް އާލާކުރުމަށް ތިޔަކުރަށްވާ މަސައްކަތްތަކަށް ފަށްފަށުން ޝުކުރުދަންނަވަން. ތިޔަ ޕްރޮގްރާމް ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށް މަސައްކަތް ކުރަށްވާ ހުރިހާ ބޭފުޅުންނަށް ހިތްވަރުދެން.

  • RAO ގެ ޚިޔާލަކީ:

    ލޮބުވެތި މީދޫގެދަރިންނައް “ސާބަސް”ވަކިން ހާއްސަކޮއް އެފް އެމް ޑީ ޓީމައް ޝުކުރިއްޔާ ތެމަސައްކަތަކީ މޫސުމީކަމަކައް ނިހަދައި އަބަދަސް ކުރިޔަށް ހިގުވާއްޖެހޭ މުހިއްމުކަމަކައް ހަދަމާހިގަ ދީ؟

  • Public Relation Agent ގެ ޚިޔާލަކީ:

    moosumee kamakah niveynei enmen gulhigen mi kahalei kantha kerimei

    adhiyas isnagaane zuvaanun gina keraa veee

    meehunge etherah nukumi vaaahaka dhakai boa haro meehunaai rivethiko deal kohgen isnagaane zuvaan Team ah ufedhigey fehey mikan mi othy kaamiyaabu vefei iraaadha kureh vifehey

  • Public Relation Agent ގެ ޚިޔާލަކީ:

    FMD Team othy furihamaaa thayaaro vegen rashi hingaa huhsihei kamakaai baiveri vegen kuriya ey.

    FMD team ei ehvarakah rashun thayaaro vegah fehey allahge vaagi fulhaai ekee mi kantha kaamiyaabu veyhe

Trackbacks