Live News From S.Meedhoo

ފީފާ ވޯލްޑް ކަޕް: މެޗްގެ ފަހުވަގުތުކޮޅު ޖެހި ގޯލުން އެމެރިކާ ސަލާމަތްވެއްޖެ

ޖޫން 18:

ގްރޫޕް-ސީ ގައި ސްލޮވޭނިއާ އާއި އެމެރިކާ ބައްދަލުކުރި މެޗް 2 – 2 އިން އެއްވަރުވެ އެމެރިކާ ސަލާމަތްވެއްޖެ. ސްލޮވޭނިއާ އިން މެޗްގެ ފުރަތަމަ ހާފްގައި ދެގޯލް ޖަހައި ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ހޯދާފައިވަނިކޮށް ފަހަތުން އަރައި ދެވަނަ ހާފްގައި ދެގޯލް ޖަހައިގެން އެމެރިކާއިންވަނީ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ހޯދާފައެވެ. މިމެޗްގައި ސްލޮވީނިއާއިން ގޯލް ޖަހާފައިވަނީ ބީރްސާ އާއި ލުބިޔަންކިޗް އެވެ. އެމެރިކާގެ ފުރަތަމަ ގޯލް ޖެހީ މެޗްގެ 48 ވަނަ މިނެޓްގައި ޑޮނޮވަންއެވެ. ދެވަނަ ގޯލް މެޗްގެ 82 ވަނަ މިނެޓްގައި ޖެހީ އެމެރިކާ ކޯޗް ބޮބް ބްރެޑްލީގެ ދަރިއެއް ކަމަށްވާ މައިކަލް ބްރެޑްލީއެވެ. އޭގެ މިނެޓް ކޮޅެއް ފަހުން އެމެރިކާއިން ސްލޮވީނިއާގެ ގޯލް ފޫއަޅުވާލިއެވެ. ނަމަވެސް އެއީ ގޯލެއްކަމަށް ނިންމުމުގެ ބަދަލުގައި އެގޯލް ވެއްދުމުގައި އެމެރިކާ ކުޅުންތެރިން ފައުލްކުރި ކަމަށް ރެފްރީ ނިންމެވިއެވެ.

މިމެޗް އެއްވަރުވުމުން މިގްރޫޕުުން ދެވަނަ ބުރަށް ދާނެ ޓީމްތައް އެނގޭނީ މިރޭ ކުޅޭ އަލްޖީރިއާ އިންގްލަންޑް މެޗާއި މެއި 23 ގައި ކުޅޭ ސްލޮވީނިއާ އިންގްލަންޑް މެޗާއި، އަލްޖީރިއާ އެމެރިކާ މެޗްގެ ނަތީޖާއިންނެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.