Live News From S.Meedhoo

ފީފާ ވޯލްޑް ކަޕް: އަލްޖީރިއާ އިން އިންގްލަންޑަށް ފިލާވަޅެއް ދީފި

ޖޫން 19

ފީފާ ވޯލްޑް ކަޕްގައި ރޭ އިންގްލެންޑާއި އަލްޖީރިއާ ބައްދަލުކުރި މެޗް ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ. އިންގްލަންޑްގެ ކޯޗް ކަޕެއްލޯގެ 64 ވަނަ އުފަންދުވަހު ކުޅުނު މިމެޗް ނިމިގެން ސްޓޭޑިއަމުން އޭނާ ނިކުމެގެންދިޔައީ ވަތަށް އިސްޖަހައިގެންނެވެ. ޝާހީ އާއިލާގެ ދެބޭފުޅުން ކަމަށްވާ ޕްރިންސް ވިލިއަމް އާއި ހެރީ އާއެކު ސާޅީސް ހާސް އިންގްލަންޑް ސަޕޯޓަރުންގެ ކުރިމަތީގައި އަލްޖީރިއާ ދައްކާފައިވާ މޮޅު ކުޅުމަކީ އިނގިރޭސި ސަޕޯޓަރުންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް މިޗްގެ ބޯލް ޕޮޒިޝަނަށް ބަލާއިރު 52 ޕަސެންޓް ކޮންޓްރޯލް ކޮށްފައިވަނީ އަލްޖީރިއާއިންނެވެ.

ގްރޫޕް-ސީ ގައި މިހާރު ކޮންމެ ޓީމަކަށް ބާކީ 1 މެޗް އޮތް އިރު ޕޮއިންޓް ޓޭބަލްގެ އެއްވަނައި ގައި އޮތީ 4 ޕޮއިންޓާއެކު ސްލޮވޭނިއާއެވެ. ކުޅުނު ދެމެޗުން އެއްވަރުވެގެން 2 ޕޮއިންޓާއެކު ދެވަނަ އަދި ތިންވަނަ މަޤާމްގައި އޮތީ ޔޫ.އެސް.އޭ އާއި އިންގްލަނޑް އެވެ. 1 ޕޮއިންޓާއެކު އެއްމެ ފުލުގައި އޮތީ އަލްޖީރިއާއެވެ. ނަމަވެސް އަދި އެއްވެސް ޓީމަކަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު މުޅިން ނުގެއްލެއެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.