ފީފާ ވޯލްޑް ކަޕް: ޖަޕާން ބަލިކޮށް ހޮލެންޑުން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި

ޖޫން 19:
ގްރޫޕް-އީ ގައި ޖަޕާނާއި ހޮލެންޑް ބައްދަލުކުރި މެޗް 1 – 0 އިން ހޮލެންޑް ކާމިޔާބުކޮށްފި. މެޗްގެ 53 ވަނަ މިނެޓްގައި ޖަޕާނުގެ ގޯލަށް ބާރު ޝޮޓެއް ފޮނުވާލައިގެން ހޮލެންޑަށް މެޗް ކާމިޔާބުކޮށްދިނީ އިންޓަރ މިލާންގެ ތަރި ވެސްލީ ސްނައިޑާ އެވެ. މިމެޗުން ހޮލެންޑް މޮޅުވުމުން ގްރޫޕްގެ ބާކީ ހުރި މެޗްތަކުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް އަމިއްލަ ބާރުގައި ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެޓީމަށް ވަނީ ލިބިފައެވެ.
މިގްރޫޕްގެ ޕޮއިންޓް ޓޭބަލަށް ބަލާއިރު ކުޅުނު ދެމެޗުން މޮޅުވެގެން ހޮލެންޑް އޮތީ ޕޮއިންޓް ޓޭބަލްގެ އެއްވަނަ މަގާމްގައެވެ. ދެވަނަ މަގާމްގައި އޮތީ ކެމަރޫން އަތުން 1 – 0 ން މޮޅުވެ މިއަދު މެޗުން ބަލިވި ޖަޕާނެއެވެ. ތިންވަނަ އަދި ހަތަރު ވަނައިގައި އޮތީ ގްރޫޕްގައި ކުޅުނު ފުރަތަ މެޗުން ބަލިވި ކެމަރޫން އާއި ޑެންމާކް އެވެ.
