ފީފާ ވޯލްޑް ކަޕް: ސްލޮވާކިއާ ބަލިކޮށް ގްރޫޕްގެ އެއްވަނައަށް ޕެރަގުއޭ ހިނގައްޖެ

ޖޫން 20:
ގްރޫޕް-އެފް ގައި މިއަދު ހަވީރު ސްލޮވާކިއާ އާއި ބައްދަލުކޮށް 2 – 0 އިން ޕެރަގުއޭ މޮޅުވެ، ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި. މިމެޗްގައި ޕެރަގުއޭއަށް ގޯލް ކާމިޔާބުކޮށްދީފައިވަނީ މެޗްގެ 27 ވަނަ މިނެޓްގައި އެންރީކޭ ވިއެރާ އާއި 86 ވަނަ މިނެޓްގައި ކްރިސްޓިއަން ރިވެރޮސް އެވެ. ޕެރަގުއޭ މިމެޗުން މޮޅުވުމުން އެޓީމަށް 4 ޕޮއިންޓް ލިބިފައިވާއިރު ސްލޮވާކިއާ އަށް ލިބިފައިވަނީ އެއްމެ ޕޮއިންޓެކެވެ. މިގްރޫޕްގައި ދެން ހިމެނޭ ދެޓީމް ކަމަށްވާ އިޓަލީ އާއި ނިއުޒިލެންޑް މިރޭ ބައްދަލުކުރާއިރު މިދެޓީމަށްވެސް މިހާތަނަށް ލިބިފައިވަނީ އެއްޕޮއިންޓެވެ.
