ފީފާ ވޯލްޑް ކަޕް: ދުނިޔޭގެ ޗެމްޕިއަން މޮޅުވިޔަނުދީ ނިއުޒިލެންޑުން ހިފަހައްޓައިފި

ޖޫން 20:
މިހާތަނަށް ސައުތު އެފްރިކާ 2010 ގައި ފެނުނު އެއްމެ އާދަޔާ ޚިލާފް އެއްކަމަކީ އެއްމެ ފަހުގެ ޗެމްޕިއަން އިޓަލީ އަށް މޮޅުވިޔަ ނުދީ ނިއުޒިލެންޑުން ހިފެހެއްޓި ހިފެހެއްޓުމެވެ. ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އިޓަލީކޮޅަށް މެޗްގެ 7 ވަނަ މިނެޓްގައި ނިއުޒިލެންޑުން ގޯލެއްޖަހާފައި ވަނިކޮށް އިޓަލީއަށް މެޗުން ބަލިނުވެ ސަލާމަތްވީ މެޗްގެ 29 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ.
މިމެޗް އެއްވަރުވުމުން ގްރޫޕް-އެފް ގެ އެއްވަނައިގައި އޮތީ 4 ޕޮއިންޓާއެކު ޕެރަގުއޭއެވެ. ކުޅުނު ދެމެޗުން އެއްވަރުވެގެން އިޓަލީ އާއި ނިއުޒިލެންޑަށް 2 ޕޮއިންޓް ލިބިފައިވާއިރު ގޯލްގެ ތަފާތުން 2 ވަނައިގައި އޮތީ އިޓަލީއެވެ. ސްލޮވާކިއާ ކުޅުނު ދެމެޗުން ބަލިވުމުގެ ސަބަބުން ޕޮއިންޓެއް ނުލިބި އޮތީ ގުރޫޕްގެ އެއްމެ ފުލުގައެވެ.
