Live News From S.Meedhoo

ފީފާ ވޯލްޑް ކަޕް: އައިވަރީ ކޯސްޓް ބަލިކޮށް ބްރެޒިލް އިން ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފި

ޖޫން 21:

ގްރޫޕް-ޖީ ގައި ރޭ ކުޅުނު މެޗުން އައިވަރީ ކޯސްޓް ބަލިކޮށް ބްރެޒިލް އިން ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފި. އައިވަރީ ކޯސްޓާއި ބައްދަލުކޮށް 3 – 1 އިން މޮޅުވުމުން ބްރެޒިލަށް ވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރު ވެފައެވެ. ބްރެޒިލް ކުޅުނު ދެމެޗުން މޮޅުވެ 6 ޕޮއިންޓް ލިބިފައިވާއިރު ކުރިއަށް އޮތީ ޕޯޗްގަލް މެޗެވެ. ޕޯޗްގަލް މިއަދު ހަވީރު އުތުރު ކޮރެއާއާއި ބައްދަލުކުރާއިރު އެޓީމަށް މިހާތަނަށް ލިބިފައިވަނީ 1 ޕޮއިންޓެވެ. އެހެންކަމުން ބްރެޒިލް މެޗަށް ދާއިރު އެއްމެ ގިނަވެގެން އެޓީމަށް ހޯދެން އޮތީ 5 ޕޮއިންޓެވެ. އައިވަރީ ކޯސްޓަށް އެއްޕޮއިންޓް ލިބިފައިވާއިރު ބާކީ އޮތީ އެއްމެޗެވެ. އެއީ 25 ޖޫން ގައި ކުޅެންޖެހޭ އުތުރު ކޮރެއާ މެޗެވެ.

ބްރެޒިލް ޕޯޗްގަލް އާއި ކުރިމަތިލާއިރު ދިމާވާނެ އެއްމެ ބޮޑު ހުރަހަކީ ރޭގެ މެޗްގައި ރަތްކާޑު ދެއްކި ކަކާ އަށް ނުކުޅެވޭ މައްސަލައެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.