Live News From S.Meedhoo

ފީފާ ވޯލްޑް ކަޕް: ބޮޑުތަފާތަކުން ޕޯޗްގަލް އިން އުތުރު ކޮރެއާ ބަލިކޮށްފި

ޖޫން 21:

ޕޯޗްގަލް އާއި އުތުރު ކޮރެއާ ބައްދަލުކުރި މެޗް 7 – 0 ގެ ބޮޑު ތަފާތަކުން ޕޯޗްގަލް ކާމިޔާބުކޮށްފި. މިމެޗްގެ ފުރަތަމަ ހާފްގެ 29 ވަނަ މިނެޓްގައި ޓިއާއޯގެ ޕާހަކުން މެރޭލެސް ޖެހި ގޯލް ފިޔަވައި ބާކީ 6 ގޯލް ޖަހާފައިވަނީ ފަހު ހާފްގައެވެ. ފަހު ހާފްގައި ޕޯޗްގަލްއަށް ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ ޓިއާގޯ 2 ގޯލް، ސިމާއޯ، ހޫގޫ، އަލްމައިޑާ، ލިއެޑްސަން އަދި ކެޕްޓަން ރޮނާލްޑޯއެވެ. މިއީ ބައިނަލްއަޤްވާމީ މުބާރާތެއްގައި ގޯލެއް ނުޖެހި 16 މަސްދުވަސް ފާއިތުވިފަހުން ރޮނާލްޑޯ ޖެހި ފުރަތަމަ ގޯލެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއާގެ މަޤާމް ހޯދީ ޕޯޗްގަލްގެ 7 ވަނަ ގޯލް ކާމިޔާބުކޮށްދިން ޖާޒީނަމްބަރ 7 ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.