Live News From S.Meedhoo

ވޯލްޑް ކަޕް: ޑޭވިޑް ވިޔާގެ ދެގޯލާއެކު ސްޕެއިންގެ ސަޕޯޓަރުންނަށް ހިނިތުންވުން ގެނެސްދީފި

ޖޫން 22:

ވޯލްޑް ކަޕްގެ މިސްރާބު ގެއްލިފައިވަނިކޮށް ޑޭވިޑް ވިޔާގެ ދެގޯލާއެކު ޔޫރަޕްގެ ޗެމްޕިއަން ސްޕޭން ހަމަ މަގަށް އެޅިއްޖެ. ވޯލްޑް ކަޕްގެ ފުރަތަމަ މެޗްގައި ސްވިޒްލެންޑް އަތު ސްޕެއިން ބަލިވުމުން އެޓީމާއި މެދު ގިނަ ބަޔަކު ކުރަމުން އައި އުއްމީދު ފަނޑުވިއެވެ. ނަމަވެސް ރޭ ހޮންޑިއުރަސް މެޗުން 2 – 0 އިން މޮޅުވުމުން އެޓީމަށް ވަނީ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ހުޅުވިފައެވެ. އަދި ރޭގެ މެޗްގައި ސްޕޭން ދެއްކި މޮޅު ކުޅުމުގެ ސަބަބުން ވޯލްޑް ކަޕްގެ މިސްރާބު އަލުން އަތުލާފައިވާކަމަށް އެޓީމްގެ ސަޕޯޓަރުން ގަބޫލުކުރެއެވެ. ނަމަވެސް އަމިއްލަ ބާރުގައި ދެވަނަ ބުރަށް ދާން ބޭނުންނަމަ ކުރިއަށް އޮތް ޗިލީ މެޗުން ސްޕެއިން މޮޅުވާންޖެހެއެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.