20 އަހަރުން ދަށުގެ އަންހެން ފީފާ ވޯލްޑް ކަޕް 2010
ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ މިއަދު ފެއްޓި 20 އަހަރުން ދަށުގެ އަންހެން ފީފާ ވޯލްޑް ކަޕް 2010 ގެ ފުރަތަމަ މެޗްގައި ޖަރުމަނާއި ކޮސްޓަރިކާ ބައްދަލުކުރި މެޗްގައި ޖަރުމަން ޓީމުން ޖެހި ހަތަރު ގޯލްގެ ތެރެއިން ދެވަނަ ގޯލް ޖެހުމަށްފަހު އެޓީމްގެ އެލެގްޒެންޑްރާ ޕޮޕް އުފާ ފާޅުކުރާ މަންޒަރެވެ. މިމެޗުން ކޮސްޓަރިކާ ބަލިވި ނަމަވެސް އެޓީމުން ދެގޯލް ޖަހާފައިވެއެވެ.
ޖުލައި 13 އިން އޮގަސްޓް 1 އަށް ޖަރުމަންގައި ކުރިއަށްދާ މިމުބާރާތުގައި މިއަދު ހަތަރު މެޗް ކުޅެފައިވާއިރު، ކޮލަމްބިއާ އާއި ފްރާންސް ކުޅުނު މެޗް 1 – 1 އިން ވަނީ އެއްވަރުވެފައެވެ. ބްރެޒިލާއި އުތުރު ކޮރެއާ ބައްދަލުކުރި މެޗް 1 – 0 އިން އުތުރު ކޮރެއާ ކާމިޔާބުކޮށްފައިވާއިރު ސްވިޑެން އާއި ނިއުޒިލެންޑް ބައްދަލުކުރި މެޗް 2 – 1 އިން ކާމިޔާބުކުރީ ސްވިޑެން އެވެ.
ޖުމްލަ 16 ޓީމް ކުޅޭ މިމުބާރާތް ކުޅެމުންދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް-އޭ ގައި ހިމެނެނީ ޖަރުމަން، ފްރާންސް، ކޮލަމްބިއާ، ކޮސްޓަރިކާއެވެ. ގްރޫޕް-ބީ ގައި ހިމެނެނީ ސްވިޑެން، އުތުރު ކޮރެއާ، ނިއުޒިލެން، އަދި ބްރެޒިލްއެވެ. ގްރޫޕް-ސީ ގައި ހިމެނެނީ އިންގްލެންޑް، ނައިޖީރިއާ، މެކްސިކޯ، ޖަޕާންއެވެ. ގްރޫޕް-ޑީ ގައި ހިމެނެނީ ޔޫ.އެސް.އޭ، ގާނާ، ސްވިޓްޒަރލެންޑް، އަދި ދެކުނު ކޮރެއާއެވެ.
ކޮންމެ ދެއަހަރުން އެއް އަހަރު ބާއްވާ 20 އަހަރުން ދަށުގެ އަންހެން ފީފާ ވޯލްޑް ކަޕްގެ އެއްމެ ފަހުގެ ޗެމްޕިއަންކަން ހޯދި ޓީމަކީ ޔޫ.އެސް.އޭ އެވެ. 2008 ވަނަ އަހަރު ޗިލީގައި ބޭއްވި މިމުބާރާތުގެ ޗެމްޕިއަންކަން ޔޫ.އެސް.އޭ ހޯދީ އުތުރު ކޮރެއާ އާއި ފައިނަލްގައި ކުޅެ 2 – 1 އިން މޮޅުވެގެންނެވެ.
ޚަބަރާއިގުޅޭ ފޮޓޯ:




