Live News From S.Meedhoo

ޙުޖުރާތު ސޫރަތުގެ 12 ވަނަ އާޔަތުގެ މާނަ:

ކީރިތި ޤުރުއާނުގެ ޙުޖުރާތު ސޫރަތުގެ 12 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

މާނައީ ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން ބައެއް ހީއަކީ ފާފައެކެވެ.އަދި ތިޔަބައިމީހުން އެކަކުއަނެކަކަށް ޖާސޫސް ނުކުރާށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ޢީބަ ނުބުނާށެވެ! ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް އޭނާގެ އަޚާގެ މަސް މޮޅަކޮށް ކެއޮމަށް ލޯބިކުރާނެހެއްޔެވެ؟ ފަހެ ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން ﷲ އީ އެންމެގިނައިން ތަޢުބާ ގަބޫލުކުރައްވާ ރަޙީމުވަންތަ ރަސްކަލާންގެއެވެ.” (އެންމެފަހުގެ ގުރުއާން ދިވެހި ތަރުޖަމާ)

ޢީބަ ބުނުމަކީ ތިބާގެ މުސްލިމު އަޚާ ނެތް ތަންތަނުގައި އޭނައާއި ބެހޭގޮތުން އޭނަ ނުރުހޭނެ ކޮންމެ ވާހަކައެއް ދެއްކުމެވެ. ބުހުތާން ނުވަތަ ދޮގު ހެދުމަކީ އެއްވެސް އަސްލެއްނެތް ހަޤީގަތާއި ޚިލާފު ވާހަކަތައް ތިބާގެ މުސްލިމު އަޚާއާއި ބެހޭގޮތުން ފެތުރުމެވެ. އަދި ދެބައޮޑުވުމަކީ ދޭތެރެ ޖެއްސުމުގެ ގޮތުން އެކަކު ދައްކާ ވާހަކަ އެކަމާއި ގުޅުންހުރި އަނެކާ ކައިރީގައި ދެއްކުމެވެ. މިތިން ކަންތައްތަކަކީވެސް ކަނޑައެޅިގެން ޙަރާމް ކަންތައްތަކެއްކަމަށް ކީރިތި ޤުރުއާނާއި މާތް މަބިއްޔާގެ އެންމެ ސައްޙަ ޙަދީސް ތަކުން އެނގި ސާބިތުވެއެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.