Live News From S.Meedhoo

މިނިވަން ދުވަހުގެ މުނާސަބާއާއި ގުޅިގެން އައްޑު އަތޮޅުގައި ތަފާތު ކުޅިވަރު ހަރަކާތްތަކެއް ކުރިއަށްގެންގޮސްފި

މިނިވަންދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ވަނީ ގުޅިފައިވާ ރަށްތަކުން ލިންކްރޯޑުގައި ރޯޑް ޝޯވްއެއް ބާއްވާފައެވެ. މިޝޯވްގައި ސްކޫލްކުދިންގެ ތަފާތު އައިޓަމްތަކާއި، ޒުވާނުންގެ ހަރަކާތްތަކެއް ވަނީ ދައްކާލާފައެވެ. އަދި މީގެ އިތުރުން ފޭދޫ ސްކޫލާއި މުހިއްބުއްދީން ސްކޫލްގެ ކެޑޭޓް އަދި ބޭންޑުން ވަނީ ޝަރަފްގެ ހިގާލުމެއްވެސް ލިންކްރޯޑުގައި ބާއްވާފައެވެ. ދެ ސްކޫލް ވަކިވަކިން ބޭއްވި މި ހިގާލުމުގައި މަގުގެ އެކި ހިސާބުތަކަށް މަޑުކޮށް ދެ ސްކޫލުންވެސް ވަނީ ބޭންޑުން ތަފާތު ރާގުތަށްކުޅެފައެވެ.

މީގެ އިތުރުން މަރަދޫފޭދޫ އުޖާލާ ޕްރީސްކޫލުން އިސްނަގައިގެން ކުޑަކުދިންނާއި ގުޅުންހުރި ތަފާތު ގޭމްތަށް މަރަދޫފޭދޫ ބޯޅަދަނޑުގައި ވަނީ ކުރިއަށްގެންގޮސްފައެވެ.

އަދި މިނިވަންދުވަހާއި ގުޅިގެން އައްޑު އަތޮޅު ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުން ހުޅުދޫ މީދޫގެ މުވައްސަސާތަކާއި ގުޅިގެން ސ.އަތޮޅު މަދަރުސާގައިވަނީ ކުޑަކުދިންގެ އާއިލީ ހަވީރެއް ބާއްވާފައެވެ. މީގެ އިތުރުން މިނިވަންދުވަހާއި ގުޅުވައިގެން މީދޫގެ ޖަމިއްޔާއެއްކަމަށްވާ ފައުންޑޭޝަން ފޯ މީދޫ ޑިވްލޮޕްމަންޓުން ދެކުނު ޕްރޮވިންސަށް ހުޅުވާލައިގެން ބާއްވާ ވޮލީ މުބާރާތް މާދަމާ ފެށޭނެއެވެ.

މިބައިގެ އިތުރު ލިޔުންތައް

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

rss

ޚިޔާލު

Trackbacks