Live News From S.Meedhoo

މިނިވަން ކަޕް 2010: ހެރަތެރެއާއި މަންތަރަ އެއްވަރުވިއިރު އެމްއެންޑީއެފްވަނީ ބަލިވެފައި

މިނިވަން ކަޕް 2010 ގެ ނަމުގައި ސ.ހުޅުދޫގައި މިހާރު ކުރިއަށްދާ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ދެމެޗް ކުޅެފައިވެއެވެ. އިއްޔެ ހަވީރު 4 ޖެހިއިރު ފެށުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ އެމްއެންޑީއެފާއި ފޯޕާމްކޮލެންޓާއެވެ. މިމެޗް 3-0 ކާމިޔާބުކުރީ ފޯޕާމްކޮލެންޓާއެވެ. ރީތި ކުރު ޕާސްތަކެއް ދެމުން ކުޅެމުންދިޔަ ފޯޕާމްކޮލެންޓާ ހިފަހައްޓާލުމަށް އެމްއެންޑީއެފުން އޮތީ ހަދާނެ ގޮތް ހުސްވެފައެވެ. ނަތީޖާއެއްގެ ގޮތުން މެޗް ފެށިގެން މާގިނައިރުތަކެއް ނުވެ 6 ވަނަ މިނިޓުގައި ކޮލެންޓާގެ ކެޕްޓަން މައުޝުޤު އެމްއެންޑީއެފްކޮޅަށް ލަނޑުޖަހައި މެޗްގެ ލީޑް އެޓީމަށް ހޯދައިދިނުމެވެ.

މެދުތެރެއިން ބޯޅަ ހިފައްޓަމުން އެޓެކިންގައި ބައިވެރިވަމުން ކުޅެމުން ދިޔަ ކޮލެންޓާގެ ޖާޒީ ނަމްބަރ 10 އަލީރަމީޒު (ސޮޑާ) އެޓީމުގެ ލީޑް ފުޅާ ކޮށްދީފައިވަނީ ފުރަތަމަ ހާފްގެ 22 ވަނަ މިނިޓްގައެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީވެސް އަލީރަމީޒެވެ. އެޓިމުގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެޓިމުގެ ޖާޒީނަމްބަރ9 އިލްޔާސް ފުވާދެވެ.

އައްޔެގެ ދެވަނަ މެޗްގައި ބައްދަލުކުރީ އެފްސީ ހެރަތެރެއާއި މަންތަރަ އެފްސީއެވެ. މިމެޗް ނިމުނީ 2-2ން އެއްވަރު ވެގެންނެވެ. މިމެޗްގައި މަންތަރައިން ޖެހި ދެލަނޑުވެސް ޖަހާފައިވަނީ އެޓީމުގެ 10 ނަމްބަރ މުޙައްމަދު އަޒްލީމެވެ. އެފްސީ ހެރަތެރެއިން ލަނޑުޖަހާފައިވަނީ ފަތުހުއްލާއާއި މުޙައްމަދުނިޝާންއެވެ. މިމެޗްގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދީ މަންތަރަ އެފްސީގެ މުޙައްމަދުތާއިފްއެވެ.

މިމުބާރާތުގެ ދެމެޗް މިއަދުވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ. ފުރަތަމަ މެޗްގައި ކުޅުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްއާއި ހުޅުދޫ މިޑްލްއެވެ. ދެވަނަ މެޗްގައި ބައްދަލު ކުރާނީ މަންތަރައާއި އޭޓީސްޕޯރޓްސްއެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.