Live News From S.Meedhoo

ޝެއިޚް ފަރީދު މީދޫ ސޯޝަލް ސެންޓަރަށް

މީދޫ ޒުވާނުންނާއި އެފްއެމްޑީއާއި ގުޅިގެން އައްޑުއަތޮޅު މަރަދޫ ޖަމާޢަތަކަށް ދަޢުވަތު ދީގެން މިމަހު 29 ވަނަ ދުވަހުގެ ރޭ މީދޫ ސޯޝަލް ސެންޓަރުގައި ރާއްޖޭގެ މަޝްޙޫރު ދީނީ އިލްމުވެރިއެއްކަމަށްވާ އައްޝައިޚް އިބްރާހިމް ފަރީދު ދީނީ ދަރުސެއް ދެއްވުމަށް ހަމަޖެހިއްޖެއެވެ.
“إنّ الله كان عليكم رقيبا” (ހަމަކަށަވަރުން ތިޔަބައިމީހުންގެ ކަންތައްތައް ބައްލަވާ ވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ) މިމަޢުޟޫގެ މައްޗަށް އައްޝައިޚް ފަރީދު އިންސާފު ކޮށްދެއްވާނެއެވެ.
ހުޅުދޫ އަދި މީދޫގެ ހުރިހާ ލޮބޮވެތި ރައްޔިތުންވެސް މިދަރުސް އަޑުއެއްސެވުމަށް ވަޑައިގެން ދެއްވުމަކީ މިދަރުސް އިންތިޒާމް ކުރާ ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެކެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.