Live News From S.Meedhoo

އެފްއެމްޑީ ވޮލީބޯޅަ މުބާރާތް 2010: ފުރަތަމަ މެޗް ކާމިޔާބު ކުރީ ހިތަދޫގެ ޓީމް

މިނިވަން ދުވަހުގެ މުނާސަބަތުގައި މީދޫޒުވާނުންނާއި އެފްއެމްޑީއާއި ގުޅިގެން ބާއްވާ ވޮލީބޯޅަ މުބާރާތް 2010 މިއަދު ފެށިއްޖެއެވެ. މިއަދު ހަވީރު 4.30ގައި މީދޫ ސޯޝަލް ސެންޓަރުގައި ފެށުނު މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ މީދޫ ދެވަނަ ޓީމާއި ހިތަދޫގެ ޓިމެވެ. ގަޢުމީޓީމުގެ ތިން ކުޅުންތެރިން ހިމެނޭ ހިތަދޫގެ ޓީމުން ފުރަތަމަ ސެޓުގައި މާއެދެވޭ ކުޅުމަށް ދެއްކޭގޮތެއް ނުވިއެވެ. ފުރަތަމަ ސެޓްގައި ހިތަދޫ ޓީމް ބޮޑު ތަފާތަކުން ކުރީގައި އޮވެގެން ގޮސް އެޓީމަށް 19 ލިބުނުއިރު މީދޫ ޓީމުން ވަނީ ފަހަތުން އަރައި މިސެޓްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މީދޫ ޓީމުގެ އިބްރާހިމްދީދީ(ބޮންގާޑް) ގެ ބާރުޖެހުންތައް ފެނުޖެހެމުންދާއިރު ހިތަދޫގެ ޓީމުގެ ކުޅުންތެރިން ތިބީ ހުއްޓުން އަރާފައެވެ. ނަތީޖާއަކަށްވީ މިސެޓް 25-23ން މީދޫގެ ޒުވާން ޓީމުން ކަމީޔާބު ކުރުމެވެ. އެހެން ނަމަވެސް ދެވަނަ ސެޓްގެ ކުޅުން ފެނިގެން ދިޔައީ ވަރަށް ތަފާތުކޮށެވެ. ހިތަދޫ ޓީމަށް ކުޅެމުން ދިޔަ ޤައުވީ ޓީމުގެ ސެޓަރު އިޝާނު(ބަޓިސް)ގެ ބޯޅަ ތަކުން ސެންޑީއާއި އެޓީމަށް ކުޅުނު ޕޮލިސްޓީމުގެ އަނިލްގެ ބާރު ހަމަލާތައް މީދޫޓީމު ކޯޓުގެ ފެނުގައި ޖެހެމުންދިޔައީ އެއްވެސް ހުރަހެއް ނެތިއެވެ. މިސެޓް ވަރަށް ފަސޭހަކާއިއެކު 15-25ން ގެންދިޔައީ ހިތަދޫގެ ޓީމެވެ. ޖެހިގެންއައި ދެސެޓްގައިވެސް މީދޫޓީމަށް އެދެވޭ ކުޅުމަށް ނުދެއްކެނީސް 18-25 އަދި 22-25ން ހިތަދޫ ޓިމުން ގެންގޮސްގެން މުބާރާތުގެ ފުރަތަމަ މެޗް ކާމިޔާބުކުރިއެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާފައިވަނީ ހިތަދޫ ޓީމުގެ ޖާޒީ ނަމްބަރ 1 އިބްރާހިމްނަޝީދު(ޖެކް)އެވެ.

މިމުބާރާތުގައި މާދަމާ ހަވީރު 4.30ގައި ވަރަށް ފޯރިގަދަ މެޗެއް ކުޅެވޭނެއެވެ. ބައްދަލު ކުރާނީ މީދޫ ސީނިއަރޓީމާއި ހުޅުދޫގެ ޓީމެވެ. މިދެޓީމަށް ބަލާއިރު ނިމިގެންދިޔަ އެސޯސިއޭޝަން ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ރާއްޖޭގެ ޤައުމީޓީމުގެ ކެޕްޓަން އަޙްމަދު އަބްދުލް ކަރީމް (ލޯންގޭ) ހުޅުދޫޓީމުން ފެނިގެންދާއިރު ހަމަ އެމުބާރާތުގައި ކުޅުނު 5 ކުޅުންތެރިން މީދޫޓީމުން ފެނިގެންދާނެއެވެ. އެއީ އެމްއެންޑީއެފްޓީމުގެ ހުސެންނަޖީބު(އައްޔަ) އާއި ޕޮލިސްގެ ޓީމަށް ކުޅުނު އިސްމާއީލްސާޖިދު(ކުޑަކާއްޓޭ) އާއި ޔާސާގެ އިތުރުން ކްލަބްޕީކޭގެ އަޝްފާގްއާދަމް (އައްކަޅޭ) އާއި ޝައްމޫންއަލިދީދީއެވެ.

ޑަބަލް ސިކްސް ޒީރޯޒީރޯ ވޮލީބޯޅަ މުބާރާތް 2010ގައި މަޤާމުތަކަށް ހޮވުނު ހުރިހާ ކުޅުންތެރިން މިހާރު މީދޫގައި ކުރިއަށްދާ ވޮލީ ބޯޅަ މުބާރާތުގައި ފެނިގެންދާނެއެވެ.

ޚަބަރާއިގުޅޭ ފޮޓޯ އަލްބަމް:

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.