Live News From S.Meedhoo

މިނިވަން ކަޕް 2010: ހެރަތެރެއާއި އެމްއެންޑީއެފް ކަޓައިފި

މިނިވަން ކަޕް 2010 ގައި ހުޅުދޫގައި މިހާރު ކުރިއަށްދާ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު ދެމެޗްގެ ތެރެއިން ފުރަތަމަ މެޗްގައި އެމްއެންޑީއެފްގެ ޓީމާއި ބައްދަލުކޮށް ހުޅުދޫ މިޑްލްސް 4-2 ލަނޑުން މެޗް ކާމިޔާބު ކުރުމާއި ގުޅިގެން އެމްއެންޑީއެފް މުބާރާތުން ކަޓައިފިއެވެ. ގްރޫޕް އޭގައި ހިމެނޭ ތިން ޓީމުގެ ތެރެއިން ކޮންމެ ޓީމެއް ދެމެޗް ކުޅުނުއިރު އެމްއެންޑީއެފް ކުޅުނު ދެމެޗުންވެސް ބަލިވެހގެން މުބާރާތުން އެއްވެސް ޕޮއިންޓެއް ނުލިބި މުބާރާތުން ކަޓަފިއެވެ. މިގްރޫޕުން ސެމީފައިނަލަށް ދިޔައީ ކޮލެންޓާއާއި މިޑްލްސްއެވެ، މިގްރޫޕްގެ އެއްވަނަ ލިބޭޓީމެއް އެގޭނީ މިއަދު ހަވީރު މިދެޓީމު ބައްދަލު ކުރާ މެޗްނިމުމުންނެވެ.

މިމުބާރާތުގައި އިއްޔެ ކުޅުނު ދެވަނަ މެޗްގައި ބައްދަލު ކުރީ ހުޅުދޫ ދެޓީމް ކަމަށްވާ އޭޓީ ސްޕޯރޓްސްއާއި މަންތަރައެވެ. މިމެޗް 2-1 ލަނޑުން ކާމިޔާބުކުރީ އޭޓީސްޕޯރޓްސްއެވެ. މިމެޗްގެ ނަތީޖާ ނިކުތް ގޮތުން ހެރަތެރެ މިމުބާރާތުން ކެޓީއެވެ. މިގްރޫޕްގެ އެއްވަނަ ކުޅުނު ދެމެޗުންވެސް މޮޅުވެގެން 6 ޕޮއިންޓާއިއެކު ހޯދާފައިވަނީ އޭޓީސްޕޯރޓްސްއެވެ. ދެވަނަ ލިބުނީ ޕޮއިންޓުން ހެރަތެރެއާއި އެއްވަރުވި ނަމަވެސް ގޯލުގެ ތަފާރުން މަންތަރައަށެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.