އެފްއެމްޑީ ވޮލީ ބޯޅަ މުބާރާތް 2010: ދެވަނަ މެޗް ކާމިޔާބުކުރީ މީދޫ ސީނިއަރޓީމް
45 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މީދޫޒުވާނުންނާއި އެފްއެމްޑީއާއި ގުޅިގެން ބާއްވާ ވޮލީބޯޅަ މުބާރާތުގެ ދެވަނަ މެޗް ފަސޭހަ ކަމާއިއެކު މީދޫ ސީނިއަރޓީމް ކާމިޔާބުކޮށްފިއެވެ.
މިއަދު ހަވީރު 4:30 މީދޫ ސޯޝަލްސެންޓަރުގައި ކުޅެވުނު މިމެޗްގައި ހުޅުދޫ ޓީމަށް ކުރެވުނު މާބޮޑުކަމެއް ނެތެވެ. އެހެން ނަމަވެސް ދޭތެރެ ދޭތެރެއިން ހޫޅުދޫ ޓީމުގެ އަޙްމަދު އަބްދުލް ކަރީމު (ލޯންގޭ) ގެ ބާރު ޝޮޓްތައް މީދޫޓީމުގެ ކުޅުންތެރިންނަށް ރިސީވް ނުވެގެން ކޯޓު ފެނުގައި ޖެހެމުންދިޔަ މަންޒަރު ފެނުނެވެ.
ގިނައަދަދެއްގެ ސަޕޯރޓަރުންގެ ސަޕޯރޓާއިއެކު އަމިއްލަ ރަށުގައި ކުޅެމުންދިޔަ މީދޫ ޓީމުން ކުޑަވެސް ފަސްބެލުމެއްނެތި ފުރަތަމަ ސެޓްފަށައިގެން ލީޑްގައި އޮވެގެންގޮސް ސެޓް ނިންމާލީ ހުޅުދުއަށް 18 ޕޮއިންޓްދީފައެވެ.
މިމެޗްގެ ދެވަނަ ސެޓް ފަށައިގެން މީދޫޓިމުން 10 ޕޮއިންޓް ހޯދިއިރު ހުޅުދުއަށް ލިބިފައިވަނީ 2 ޕޮއިންޓެވެ. މަޝްހޫރު ލޯންގޭގެ ކެޕްޓަންކަމުގެ ދަށުން ކުޅެމުންދިޔަ ހުޅުދޫ ޓީމު މިސެޓްގައި މަޑުމަޑުން ޕޮއިންޓަކަށްފަހު ޕޮއިންޓެއް ހޯދަމުންގޮސް މީދޫޓީމުން 19 ހޯދިފަހުން ނަތީޖާ ހަމަކުރިއެވެ. އެހެން ނަމަވެސް ނަތީޖާ ހަމަހަމަވިފަހުން ހުޅުދޫޓީމަށް ލިބުނީ އެއްމެ ޕޮއިންޓެކެވެ. މިސެޓް މީދޫ ޓީމުން ގެންދިޔައީ 25-20 ންނެވެ.
ވަރަށް ހިތްވަރާއިއެކު ހުޅުދީޓީމުން މެޗްގެ 3 ވަނަ ސެޓް ފައްޓައިގެން ހުޅުދޫ ޓީމު މީދުއަށް ޕޮއިންޓެއް ނުދީ 5 ޕޮއިންޓް ހޯދިއެވެ. ނަމަވެސް މީދޫޓިމުން އިބްރާހިމްޖަމާލުގެ ސެޓިންގައި އައްކަޅޭއާއި ކުޑަކާއްޓޭއާއި އައްޔައާއި ޔާސާއާއި ޝައްމޫން ހަދާނަހަދާއެއްނޭގި ހުޅުދޫޓީމުގެ ފެނުގައި ޖައްސަމުންދިޔަ ބޯޅަތަކުން ނަތީޖާ ހަޔެއް ހަޔަކުން ހަމަހަމަކޮށް ތިންވަނަ ސެޓްގައި ފުރަތަމަ ފަހަރަށް 6-7ން މީދޫޓީމުން ލީޑު ހޯދިއެވެ. މިސެޓްވެސް މާބޮޑު އުދަގޫތަކަކާއި ކުރިމަތިނުވެ ވަރަށް ފަސޭހަކަމާއިއެކު މީދޫ ޓީމުން ހުޅުދުއަށް 15 ދީފައި އެފްއެމްޑީ ވޮލީ ބޯޅަ މުބާރާތުގެ ދެވަނަ މެޗް ކާމިޔާބު ކުރިއެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ މީދޫ ޓީމުގެ އަޝްފާޤްއާދަމް(އައްކަޅޭ)އެވެ.
މިމުބާރާތުގައި ދެން މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހު 31 ވަނަ ދުވަހުއެވެ. ބައްދަލު ކުރާނީ މީދޫ ސީނިއަރޓީމާއި ހިތަދޫގެ ޓީމެވެ.

congratulations