Live News From S.Meedhoo

ޝަމްސުއްދީން ސްކޫލްގެ 28 ވަނަ ޤުރުއާން މުބާރާތް ފެށިގެން ކުރިއަށް އެބަދޭ

ޝަމްސުއްދީން ސްކޫލު ދަރިވަރުންގެ މެދުގައި އެސްކޫލުން ކޮންމެ އަހަރަކު ބާއްވަމުން އަނަން ޤުރުއާން މުބާރާތް މިއަދު ހެނދުނު 8.30 އިން ފެށިގެން ކުރިއަށް އެބަދެއެވެ. މިމުބާރާތުގައި ޖުމްލަ 104 ކުދިން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 64 އަންހެން ކުދިންނާއި، 40 ފިރިހެން ކުދިންނެވެ. ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ބައި ހިމެނޭ މިމުބާރާތުގައި ބަލައިގެން ކިޔެވުމުގެ ބައިގައި 75 ކުދިން ބައިވެރިވެފައިވާއިރު، ނުބަލައި ކިޔެވުމުގެ ބައިގައި ބައިވެރިވެފައިވަނީ 29 ކުދިންނެވެ.

މިމުބާރާތުގެ އުމްރުފުރާތައް ބާހާލާފައިވަނީ 9 އަހަރުން ދަށް، 11 އަހަރުން ދަށް، އަދި 13 އަހަރުން ދަށް އަދި ގްރޭޑް 1 ގެ ދަރިވަރުންނަށް ބައިވެރިވެވޭގޮތަށެވެ. މިމުބާރާތުގެ ފަނޑިޔާރުކަން ކުރައްވަނީ، ހިތަދޫ ސްކޫލުން ވަޑައިގެންނެވި 3 ފަނޑިޔާރުންނެވެ.

މިބައިގެ އިތުރު ލިޔުންތައް

ލިޔުންތެރިޔާގެ އިތުރު ލިޔުންތައް

rss

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.