Live News From Hulhumeedhoo, Addu City

ދަރިފުޅާ އޭ، ބައްޕަ މިދޭ ހެޔޮނަޞޭޙަތް އަޑުއަހާށޭ!

އިންސާނާ މިދުނިޔެމަތީ ގައި ކޮންމެހެން ކުރަންޖެހޭ ކަންތަކަކީ ކޮބައިތޯ ދަރިފުޅު ސުވާލު އެއްސެވެ؟

ޖަވާބުގައި ތިއީ ވަރަށް ރަގަޅު ސުވާލެކެވެ. މިސުވާލަށް ޖަވާބުދޭން ދަރިފުޅުގެ އެ ތުއްތު ޙަރަކާތްތަށް ފުންނޭވާއެއްލުމަށްފަހު ބަލަން އިނީމެވެ. އޭނަހޭވައްލާ ކިޔާފަ، ކޮންމެވެސް ކަމެއްގަ ގޭތެރޭގަ އުޅުނެވެ. އެސުވާލުގެ ޖަވާބަކަށް ވިސްނާ ފިކުރު ހިންގީމެވެ. ފުރަތަމަވެސް ހިތުގައި އަޅައިގަތީ، ކުޑައިރު މަކުތަބުން އެދުރުބޭބެ އުގަންނައިދިން، އިސްލާމްދީނުގެ ފަސްކަމެއްގެ ވާހަކައެވެ. ދަރިފުޅުގެ ތުއްތު ސިކުޑިޔަށް އަދި އެވައްދަން ނުޖެހޭ ހިތައް އަރާފަ އިތުރަށް އެސުވާލުގެ ތެރެ އަށް ފުންކޮށްވިސްނަންފެށީމެވެ.

އިތުރު ޖަވާބަކަށް ހިތްއެދި، މާއްދިއްޔަތައް ވިސްނަން ފެށީމެވެ. ކޮމްޕިއުޓަރ ކައިރީގަ އިނދެ ލިޔަންފެށީމެވެ.

ފުރަތަމަ އައި ޖަވާބަކީ، މައިންބަފައިންނަށް ކަމޭހިތުމާއެކު، އެމީހުން މުސްކުޅިވާދުވަހު، ބޭރުމީހެއްގެ އަތްމައްޗަށް ދޫނުކޮށް، އެމީހުން ބެލުމުގެ ހުރިހާ ޒިއްމައެއްނަގާށެވެ. ތިމާޅަދުވަހު ފަގީރު ޙާލުގައި އެމީހުން ބަލާބޮޑުކުރި ގޮތުގެ ވީޑިއޯ ފުޓެޖެއް އޮތްނަމަ، ތިމާ މިއަދު މިދެކޭ ޒަމާނަށް ނޫންކަން ތިމާދުނިޔެ އަށް އައީ، ހިތާހިތާ ކިޔުމަށްފަހު ލޮލުން ކަރުނަ އަޅާ ރޯނެ ކަންކަށަވަރެވެ.

ދެވަނަ ޖަވާބަކަށް، ދުނިޔޭގައި އުޅޭއިރު އަބަދުވެސް ތިމާއަށް ވުރެ ދޮށީ ޢުމުރުގެ ބޭބެއިން ދައްތަމެންނަށް ކަމޭ ހިތަންއާދަކުރާށެވެ. ދުނިޔޭގަ އުޅެފަ ގިނަތަޖުރިބާ އެމީހުންނަށް ލިބިފައިވާތީ، އަބަދުވެސް ދޮށީ ޢުމުރުގެ ބޭބެއިން ދައްތަމެންނަކީ، ތިމާއަށް ވުރެ ހިލްމީގޮތުން އަރާތިބި ބައެއްކަން ހަދުމައިގަ ބަހައްޓާށެވެ. ކަންކަމުގައި ލަފާ އަހަން އެންމެ ފުރަތަމަ އެދެން ޖެހޭ ބަޔަކީ ހަމަ އެބައިމީހުންކަންދަންނާށެވެ.

ހަތަރުވަނަ ކަމަކަށް، ތިމާގެ ދުލަކީ އަނެކާއަށް މަންފާ ހުރިބަސް ބުނެވޭ ގުނަވަނަކަށް ހަދާށެވެ. ތެދުބުނުން މަތީ ދެމިހުރުމަށް ޢަޒުމު ކަނޑަ އަޅާށެވެ. ނަމަނަމަ، ދޮގެއްނަހަދާ، ދޮގުހެދުމަކީ ތިމާގެ ނަފުސަށް ދެވޭ ޢަޒާބެއްކަން ދަންނާށެވެ.

ފަސްވަނަކަމަކަށް، އެކުވެރިން ހޮވުމުގައި ސަމާލުވާށެވެ. ތިމާގެ އެކުވެރިންނަކީ، ހެޔޮލަފާ، ހެޔޮވިސްނޭ ބަޔަކުކަމުގައި ވާންޖެހޭނެ ކަން ހަދުމަކުރާށެވެ. އެކުވެރިން ހޯދުމުގައި ތިމާގެ މުޅިޢުމުރަށް ރޯންނުޖޭހޭކަހަލަ ބަޔަކުހޯދަން ސަމާލުވާށެވެ.

ހަވަނަ އަށް، ތިމާ ދުނިޔޭގަ އުޅޭއިރު މުންކަރާތްތަކުން ދުރުވެ ހުރެ، އެފަދަކަމަކަށް އެރިދާނެ ކަމުގެ ބިރުހީވެ ހުރެ، އަބަދުވެސް އެއިންރެކެން ދަސްކުރާށެވެ.

ހަތްވަނަކަމަކަށް، ދުނިޔޭގަވާ ހުރިހާ ތަކެއްޗަކަށް ޚާލިޤަކުވާކަން ދަންނާށެވެ. އެއިންއެއްޗަކަށް ތިމާގެ ބަހާ ޢަމަލުން ވިޔަސް އުދަގުލެއް ނުފޯރާވޭތޯ ގަދަ އަޅާ މަސައްކަތް ކުރާށެވެ. އޯގާތެރިކަމަކީ ތިމާގެ ދުނިޔަވީ އުޅުމުގެ އެއްބައިކަން ހަދުމައިގަ އަބަދުވެސް ބަހައްޓާށެވެ.

އަށްވަނަކަމަކަށް، އަބަދުވެސް ތިމާގެ ޚާލިގު ރައްބު އަށް، ކިޔަމަންވާށެވެ. ތިމާ އަށް އާރާބާރު ދެއްވާފަރާ ތަކީ އެއީކަން ހަނދުމަ ކުރާށެވެ. އެފަރާތް ތިމާބޭނުން ނުވާނެކަމާއި، ތިމާ އަބަދުވެސް އެފަރާތަށް ބޭނުން ޖެހިފަ ވާކަން ހަނދުމަކުރާށެވެ. އުޅުންޒީނަތްތެރި ކުރެވޭނީ އަބަދުވެސް ތެދުމަގުގައި، ތެދުވެރިކަންމަތީ ޘާބިތުވެހުރެގެންކަން ދަންނާށެވެ.

ނުވަވަނަ ކަމަކަށް، ރުޅިމަޑުކަން ޚިޔާރުކުރާށެވެ. މަޑުމައިތިރިވާން ދަސްކުރާށެވެ. ކެތްތެރިވާން ދަސްކުރާށެވެ. ކަންކަމަށް ޝުކުރުކުރަން ދަސްކުރާށެވެ. ކާމިޔާބީ އާއި ނާކާމިޔާބީ ގަ ވެސް ﷲ މަތިން ހަދުމަ ކުރާށެވެ. ވަކީލުކުރެވޭފަރާތަކީ އެއީކަން ދަންނާށެވެ.

ދިހަވަނަ ކަމަކަށް، ޙަމްދުކުރުމަކީ ކޮންމެ ދުވަހަކު ކުރެވޭ އަޅުކަމަކަށްހަދާށެވެ.

މިދިހަކަންތައް ލިޔުމަށްފަހު، ތިރީގައި ކުޑަނޯޓެއް ލިޔުނީމެވެ. ދަރިފުޅާއެވެ. ބައްޕަމިކިޔާ ދިން ކަންތައް ދަރިފުޅުގެ ކުރިމަގު ބައްޓަން ކުރުމުގައި، ހަތިޔާރަކަށް ހަދައިފިނަމަ، ދަރިފުޅަކީ، ހަމަ ޔަގީނުން ދެދުނިޔޭގެ ބާއްޖަވެރިޔަކަށް ނުވެ ނުދާނެއެވެ. ދަރިފުޅު ލެހެއްޓެވިކޮންމެ ތަނެއްގައިވެސް މިއާދަތުގައި ހިފަހައްޓާށެވެ. ދަރިފުޅު ފުރާފުރިހަމަވާ ދުވަހު ބައްޕަމިދިން ނަސޭޙަތް ރަގަޅަށް އަޑުއަހައި އެއަށް ޢަމަލުކޮށްފިނަމަ ދަރިފުޅުވާނީ، ދެދުނިޔޭގަ ކާމިޔާބުލިބިގެން ދުނިޔެ ދޫކުރާ ބައްޕަގޮވައިގެން ސުވަރުގެއަށް ވަންނާނެ ދަރިއަކަށެވެ. އަދި މިލިޔާ ދުޢާ ގިނަގިނައިން ކިޔަން އާދަކުރާށެވެ. ދަރިފުޅަށާއި މަންމަ އާއި ބައްޕައަށްވެސް ﷲ އިރާދަކުރައްވައިފިނަމަ ހެޔޮޖަޒާ ދެއްވާތޯއެވެ. އާޚިރަތުގެ ޙަޔާތް އެދޭމީހާ އީ އެންމެ ކާމިޔާބު މީހާކަން ހަދުމަކުރާށެވެ.

ربنا اتنا فى الدنيا حسنة وفل اخرة حسنة وقنا عذاب النار. رب آرحمهما كما ربياني صغيرا-

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.