Live News From Hulhumeedhoo, Addu City

އަނބިމީގެ އުފާވެރިކަން…………ގޭތެރޭގެ ހަމަޖެހުން.

ގޭގެ އޮޅިއަކީ އަނބިމީހާއޭ ބުނާއަޑު އަހަން ހެއްޔެވެ؟ ތިމާގެ އަނބި މީހާ ހިތްހަމަޖެހިފައި ހުރުމަކީ ދިރިއުޅުމަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭކަމެކެވެ. ގޭތެރޭގެ ހަމަޖެހުމާއި ޞުލްޙަ މަސްލަޙަތު ދެމިއޮތުމުގެ އަސްލެވެ. ތިމާގެ ޞިއްޙަތާއި ދިރިއުޅުމުގެ ސުލްޙަ މަސްލަޙަތު ބެލެންސް ކޮށްދޭ ކަމެކެވެ. ދަރިންގެ ތަރުބިއްޔަތާއި ތިމާގެ ސުލޫކު ތަރުބިއްޔަތުކޮށްދޭ ކަމެކެވެ. އެހެންކަމުން، ދިރިއުޅުމުގެ މި ހަޔާތުގައި އަނބިމީހާ އާއި އަޅާލައި އޭނާގެ އުފާވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހިފައިވާ ކަމެކެވެ.

އެހެން ކަމުން މިބަލައިލަނީ ފިރިއެއްގެ ހައިސިއްޔަތުން ތިމާގެ އަނބިމީހާ އުފަލުގައި ބެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކެކެވެ. މިކަންތައްތައް ތަޖުރިބާކޮށްލުން ރަގަޅުވާނެ އެވެ. ޞުލްހަވެރިކަމާއި އުފާވެރިކަމާއި ހަމަޖެހުން ދިރިއުޅުމަށް ގެނައުމަށެވެ.

1- އަންހެނުންނަށް ހިނިތުން ވެލާށެވެ. ހީލާއިރު އޭނާގެ ލޮލަށް ބަލާށެވެ. އެއްވެސް އެއްޗެއް ބުނާނެކަމެއްނެތެވެ. ހަމަ ބަލައިލާށެވެ. މިކަން ކުރާނީ އަނބިމީހާ ފިރިމީހާއަށް ރަގަޅަށް ބަލާއިރު އެވެ. މިއީ ފިރިމީހާ އަންހެނުންނަށް ތަޢުރީފް ކުރާކަމުގެ އިޝާރާތެކެވެ.

2- އެއްގޮތަކަށްވެސް އަންހެނުންނަށް އަޑުލައި ނުހަދާށެވެ. މަޑުމައިތިރި އޯގާތެރި އުފާވެރި އަޑަކުން ބަސްބުނާށެވެ. އަންހެނުންގެ ކަންފަތް ދޮށުގައި ހަޅޭލައި ހެދުމަކީ އަންހެނުން ރުޅި އަންނާނެ ކަމެކެވެ. ހަޅޭލައި ނެހެދިއަސް އަނބިމީހާ އަށް އަޑުއިވޭނެ އެވެ. ފިރިމީހާ ހިތްހަމަ ނުޖެހޭ ކަމެއް އަންހެނުން ފަރާތުން ފެނުނަސް ބާރަށް ބަސްބުނެ ހަޅޭލައި ނުހަދާށެވެ.

3- އަނބިމީހާ ދައްކާވާހަކަ ފަރުވާތެރިކަމާއެކު އަޑުއަހާށެވެ.  އެވާހަކައަކީ ތިމާ ފޫހިވާ އަޑުއަހަން ބޭނުން ނުވާ ނުވަތަ އެވާހަކާގެ ސަބަބުން ކުރަން އިން މަސައްކަތަކަށް ހުރަސްއެޅޭ ވާހަކައެއް ނަމަވެސް އެވާހަކަ ހިތްވަރާއެކު އަޑު އަހާށެވެ. ފިރިމީހާގެ ގާތުގައި ބުނަންވެފައިވާ ވަރަށް މުހިންމު ވާހަކައެއް އޮތީ އެވެ. އޭނާގެ އެވާހަކަ ތަކަށް އިޙްތިރާމްކޮށް އަޅާލާށެވެ.

4- އަނބިމީހާ ކޮށްދޭން ބުނާ އެއްވެސް ކަމެއް ފަސްނުކުރާށެވެ. ޚާއްޞަކޮށް ގޭތެރޭގެ މަސައްކަތްތަކެވެ. ގޯތިތެރޭގައި ބާނެއް ޖެހުން، ބަދިގޭގައި އެއްޗެއް ހަރުކުރުން، ފާޚާނާގެ ފްލޭޝް ރަގަޅުކޮށްލުން ފަދަ ކަންކަމެވެ. މިފަދަ ކަންތައްތައް ތަކަކީ އެކަމުގެ ސަބަބުން ފިރިމީހާއަށްވެސް ފައިދާކުރާނެ ކަންކަމެވެ. ވީމާ މިފަދަ ކަންކަން ވީ އެންމެ އަވަހަކަށް ކުރުމަށް ޕްލޭން ކުރާށެވެ.

5- އަނބީހާއަށް ތައުރީފް ކުރާށެވެ. މާނައެއްނެތް ހަޖޫ ޖެހުމަކުން ތަޢުރީފް ނުކުރާށެވެ. އިޙްލާޞްތެރިކަމާއެކު މިކަން ކުރާށެވެ. ބާޒާރަށް ގޮސްފިނަމަ، އޭނައަށް ގަތީ ކޮންއެއްޗެއް ތޯ އަހާށެވެ. ބާޒާރުން ގެނައި ތަކެއްޗާ ދޭތެރޭ ހިތްހަމަ ޖެހޭކަން ބަޔާންކުރާށެވެ. ހެދުން އަޅާފައި ހުންނަގޮތް ކަމުދާކަން ހާމަކުރާށެވެ.
6- އެއްގޮތަކަށްވެސް އަނިޔާވެރި ނުވާށެވެ. އެއްގޮތަކަށްވެސް އަންހެނުން ގޯސްނުކުރާށެވެ.

7- އެއްގޮތަކަށްވެސް ބޭކާރު ޚަރަދު ނުކުރާށެވެ. ރައްޓެހިންނާއި އެކު މާގިނައިން ކޮފީ އަށާއި ރެސްޓޯރަންޓް ތަކަށް ނުދާށެވެ. އޭގެ ބަދަލުގައި ރައްޓެހިން ގޮވައިގެން ފަސޭހަ ވަގުތެއްގައި ގެއަށް އަންނާށެވެ.

8- އަލަމާރިން ހެދުން އަމިއްލައަށް ނަގައި ހެދުން ކޮނޑުގައި އަޅުވާށެވެ. އަންހެނުންނަށް މިކަން ނުޖައްސާށެވެ. ކާތަށި ކޮންމެވެސް ވަރަށްކަށް އަމިއްލައަށް ދޮވުމުގެ އާދައެއް ގެންގުޅޭ ށެވެ.

9- ދަތް އުނގުޅާށެވެ. ، އަގައިން ނުބައި ވަސްދުވާނަމަ އަނގަދޮންނަ ފުޅިއަކުން އަގަދޮންނާށެވެ. ޚާއްޞަކޮށް އަންހެނުންނަށް ދޮން ދޭއިރު އެވެ. އޭރުން  އެކަނބަލުންގެ އުފާވެރިކަން އިތުރުކޮށްދީ އެކަމަށް ދަހިވެތިވާނެ އެވެ.

10- އެއްދާން ކުރުމުގެ ކުރިން ރަގަޅަށް ފެންވަރާށެވެ. އެކަބަލުން ހިތްހަމަ ޖެހެނީ ކޮންގޮތެއްތޯ އަހާށެވެ. އެއްދާން ކުރާއިރު އަދަބާ ޚިލާފުކޮށް ނޫޅޭށެވެ.
11-    ގޭތެރެ ނުވަތަ ބަދިގޭގައި އުފެދޭ ކުނި އުކާލަދޭށެވެ. ރޭގަނޑު އުކާލާށެވެ. ދެމަފިރިން އެކުގައި ދެވޭތޯ ބަލާށެވެ.

12- އަންހެނުން ސައިކަލް ނުވަތަ ކާރު ގެންގުޅޭ ނަމަ އެމަރާމާތުކޮށްދީ ތެޔޮ ބަދަލުކޮށްދީ ހަދާށެވެ.

13- އެކުގައި ޓީވީ ބަލާނަމަ، ބަލަންވީ ޗެނެލްއެއް ކަނޑައެޅުމަށް އަހަންހެނުން ގާތު އަހާށެވެ. އޭނާ ބަލަން ބޭނުން ޕްރޮގްރާމެއް ބަލާށެވެ. އެއަށް ޝައުޤުވެރިވާށެވެ.

14- ފިރިމީހާއަށް ބޭނުންވާ ގަމީހާއި ބޫޓް ކަނޑައެޅުމަށް އަންހެނުންނަށް އިޚްތިޔާރު ދޭށެވެ. ފިރިމީހާ ހުންނަންވީ ގޮތް އެނގޭނީ އޭނާ އަށެވެ.

15- ރުޅި ކޮންޓްރޯލް ކުރާށެވެ. ކަމަކާ ރުޅި އަންނަ ނަމަ އެކަމެއް ނުދެކޭށެވެ. އަވަހަށް ނިކުންނާށެވެ. ހަމައަކަށް އެޅުމުން ގެއަށްއައިސް އެކަމާއި ބެހޭގޮތުން ވާހަކަ ދައްކައި ރުޅިއާދެވުނީތީ މަޢާފަށް އެދޭށެވެ.

16- ގިނައި އަންހެނުން ދެކެ ލޯބިވާ ވާހަކަ ބުނާށެވެ. އިހުލާސްތެރިކަމާއި އޯގާތެރިކަމާއެކު ބުނާށެވެ.

17- އަންހެނުން ކަމަކާއި ކަންބޮޑުވާނަމަ ނުވަތަ ހާސްވާނަމަ، އެކަން ހައްލުކުރުމުގައި އަންހެނުންނަށް އެހީތެރިވެދޭ ށެވެ. ފިރިމީހާއަށް އަށް ދިމާވާ ހިތާމަޔާއި ހާސްކަން ލުއިކޮށްދިނުމުގައި އެންމެ ގާތުން އެހީވާނީ އަންހެނުންކަން އަބަދުވެސް ހަދާން ކުރާށެވެ.

18- އޭނާގެ ފަހަތުގައި ވިޔާނުދާ ކަންތައް ނުކުރާށެވެ. އެކަބަލުންގެ އިހްސާސްތަކަށް ތަދުނުކުރާށެވެ. ބޭވަފާތެރި ނުވާށެވެ.

19- އެކަބަލުންނަކީ ފިރިމީހާގެ ހަޔާތުގެ ބައިވެރިޔާކަން އަބަދުވެސް ހަދާން ކުރާށެވެ. އަންހެނުންނަކީ ފިރިމީހާގެ އަޅެއްގެ ގޮތުގައި ނުދެކޭށެވެ. އޭނާގެ ޚިޔާލާއި މަޝްވަރާ ގަބޫލުކުރާށެވެ. ވާހަކަތައް ދެނެގަންނާށެވެ.

20- ދިރިއުޅުމުގެ އުފާވެރި ވާހަކަތައް ދައްކާށެވެ. ދިރިއުޅުމުގެ މަސައްކަތުން ޗުއްޓީއެއް ނަގައި ޢާއިލާއެކު ވަގުތުކޮޅެއް ހޭދާކުރާށެވެ. އެހެން ރަށަކަށް ނުވަތަ އެހެން ގައުމަކަށް ޗުއްޓީ ހޭދަކޮށްލަން ދާށެވެ.

ޚިޔާލު

  • juma ގެ ޚިޔާލަކީ:

    they hama varah bodo thedhah.

  • އަޙްމަދު ގެ ޚިޔާލަކީ:

    މިވިހިކަންތަކުގެ ތެރެއިން 7 ކަމެއް ކުރުމުގެ ޤާބިލުކަމެއް ދިވެހިންނޭ މިކިޔާ މީހުންގެ ތެރެއިން ބަޔަކަށް ލިބިފައެއް ނެތް. ސަބަބަކީ:
    ފަޤީރުވުން، އެކުގައި އުޅުމުގެ ނަސީބުން މަޙުރޫމުވުން، ދިވެއްސަކަށް ވުން، އައްޑުއަތޮޅުގެ ރައްޔަތަކަށްވުން އަދި ވަރަށް ޚާއްސަކޮށް މީދޫ ގެ ރައްޔަތަކަށްވުން.

Trackbacks