Live News From Hulhumeedhoo, Addu City

ގާތުން ކިރުދިނުމުގައި މަންމައަށް ހުރިފައިދާތައް

ވިހެވުމާއި ގުޅިގެން ކުއްޖާގާތުން ކިރުބުއިމުގެ ސަބަބުން ރަޙިމަށް ވަރަށް ބޮޑު ބަދަލުއާދެއެވެ. އޭގެ ސަބަބުން ވިހެއުމާއި ގުޅިގެން އަންނަލޭ މަދުކޮށްދެއެވެ. މީގެ އިތުރުން ގާތުން ކިރުދޭމައިންނަށް އުރަމަތީގެ ކެންސަރު ޖެހުންމަދެވެ. ގާތުން ކިރުދިނުމަކީ ދޭތެރެދުރުކުރުމުގެ ޠަބީޢީ ގޮތްވެސްމެއެވެ.

ގާތުން ކިރުދިނުމަކީ މަންމައާއި ދަރިފުޅުގެ ރޫޙާނީ ގުޅުން ބަދަހިވެގެންދާކަމެއް:

ގާތުން ކިރުދިނުމަކީ މަންމައާއި ދަރިފުޅު ރޫޙާނީ ގޮތުންނާއި ޢާޠިފީގޮތުން ގުޅުންބަދަހިވެގެންދާކަމެކެވެ. މަންމައަކު އޭނާގެ ދަރިފުޅަށްޓަކާ އޭނާގެ ހުރިހާކަމެއް ގުރުބާންކޮއްލާ ހަމައެކަނި ބާރަކީ މިދެންނެވި ގުޅުމެވެ. މިއީ ހަމައެކަނި މާއްދީ ގުޅުމެއް ނޫނެވެ. މިއީ ދެމަޚްލޫގެއްގެ ދެމެދުގައިވާ ވަރަށް މުޤައްދަސް ގުޅުމެކެވެ. މިގުޅުމުގެ ސަބަބުން މަންމައަށް ވަރަށް މަތިވެރި ބާއްޖަވެރިކަމެއް އިޙްސާސް ކުރެވެއެވެ. އަދި އޭގެ ސަބަބުން އެމަންމަގެ ޙަޔާތުގެ ބަގީޗާގައި މިފަޅާއާނިރަށްޓަކައި އެމަންމަގެ މުޅިޙަޔާތް ޤުރުބާން ކޮއްލައެވެ.

ގާތުން ކިރުދިނުމުގެ ސަބަބުން މަންމައަށް މިފަދަމަތިވެރި ބާއްޖަވެރިކަމެއް އިޙްސާސް ކުރެވޭއިރު އޭގެސަބަބުން ނަފްސާނީ ގޮތުންނާއި ޢާޠިފީގޮތުން ދަރިފުޅަށް ލިބިދޭ ހަމަހަމަކަމުގެ ނަތީޖާއަކީ އަބަދުވެސް އުފާވެރިކަން އިޙްސާސްވުމެވެ. މަންމަ ދަރިފުޅަށް ކިރުދިނުމަށްޓަކާ ދަރިފުޅު މަންމަގެ މެއާ ކައިރިކޮއްލުމާއެކު އެދަރިފުޅަށް ރީތިމިއުޒިކެއްފަދައިން އިވެންފަށަނީ މަންމަގެ ހިތުގެ ވިންދުގެ ރީތި މިއުޒިކީ އަޑެވެ. އެވަގުތު ދަރިފުޅަށް އެލިބޭ ހިތްހަމަޖެހުމާއި އަރާމުގެ ތެރޭގައި ގިނައިރުތަކެއްނުވެ ނިދުމާއި ހުވަފެނުގެ ތެރެއަށް ގެއްލިގެން ހިނގައިދާނެއެވެ. ވީމާ، މިވަރުގަދަ ގުޅުމަކީ ތައްޔާރީކިރުން ދުވަހަކުވެސް ގާއިމުވާނެ ގުޅުމެއްނޫނެވެ.

މިޒަމާނުގައި ގިނަމައިން ގާތުން ކިރުނުދެނީ ރީތިކަން ހިފެހެއްޓުމަށްޓަކައި:

ނަމަވެސް މިއީ ދޮގުދަޢުވާއެކެވެ. އަދި ކީއްތޯއެވެ؟ މަންމަގެ ޞިއްޙަތާއި މަންމަގެ ރީތިކަމަށްވެސް އެންމެ ފައިދާހުރި ގޮތަކީ ގާތުން ކިރުދިނުމެވެ. އަދި ދަރިފުޅާއި މަންމައަށް ވެސް އެންމެ ފައިދާބޮޑީ މިގޮތްކަން ކަށަވަރެވެ.

މިލިޔުމަށް ޚިޔާލު ނުފޮނުވޭ.