Live News From Hulhumeedhoo, Addu City

ތަޢާރަފު

މީދޫ ލައިވް އުފެއްދުމުގެ މަސައްކަތަކީ މީދޫ ވީކްލީ.ކޮމް އިންކުރަމުން ގެންދިޔަމަސައްކަތް އިތުރަށް ފުޅާކޮށް ގިނަބަޔަކު ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމުގެ މަގްސަދުގައި އުފައްދާފައިވާ ސައިޓެކެވެ.މި މަގްސަދު ހާސިލުކުރުމަށްޓަކައި މީދޫގެ ޒުވާން ލިޔުންތެރިން މިސައިޓާއި ގުޅިވަޑައިގަތުމަކީ އަޅުގަޑުމެންގެ ވަރަށް ބޮޑު އެދުމެކެވެ. މީދޫ ލައިވް ޓީމާއި ގުޅުމަށްޓަކައި ޕްރޮފެޝަނަލް ނޫސްވެރިއަކަށް އަދި ލިޔުންތެރިއަކަށްވެސް ވާކަށް ނުޖެހޭނެއެވެ. ހަމައެކަނި އަމިއްލަ ޚިޔާލު ލިޔުމުން ފާޅުކުރެވޭވަރުގެ ގާބިލުކަން ހުރުމުން މީދޫ ލައިވްގެ ނޫސްވެރިއަކަށް ވެވުނީއެވެ. މީގެ އިތުރުން ޚަބަރުތައް ލިޔުއްވާއިރު ތިރީގައި މިދަންނަވާ ކަންތައްތަކަށް ސަމާލުކަން ދެއްވުމުން މީދޫ ލައިވްގެ މިންގަޑަށް ފެތުނީއެވެ.

މިދޫ ލައިވް އިން ޚަބަރުތައް ގެނެސްދިނުމުގައި އެއްމެބޮޑަށް މަސައްކަތްކުރާނީ އިސްލާމްދީނާއި، ރާއްޖޭގެ ޤާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތުމާއެކު ހަގީގަތާއި އެއްގޮތަށް އިންސާފުން ޚަބަރުތައް ގެނެސްދިނުމެވެ. ކަންކަމުގެ ހަގީގަތް ހާމަކުރުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒު ދަށުނުވެ ރައްޔިތުންނަށް އެގެންޖޭހޭ ކަންކަން ހާމަކުރުމަކީ މީދޫ ލައިވް އިން އަބަދުވެސް ވަރަށް އިސްކަމެއްދޭކަމެކެވެ.

މީދޫ ލައިވް ގައި ޚަބަރެއް ނުވަތަ އެނޫންވެސް އިލްމީ، ފަންނީ އަދި ތާރީޚީ ލިޔުންތައް ޝާއިޢު ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން news[@]meedhoolive.com އަށް ފޮނުއްވުމުން އަޅުގަޑުމެން ޝާއިޢުކޮށްދޭނަމެވެ. ދާއިމީކޮށް މީދޫ ލައިވްއަށް ލިޔުއްވަން ބޭނުންފުޅުނަމަ މީދޫ ލައިވް ޓީމާއި ގުޅިވަޑައިގެން ސައިޓަށް ފޮނުއްވާ ޚަބަރުތައް ވަގުތުން ޝާއިޢު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ.

ޚިޔާލު

  • modyz ގެ ޚިޔާލަކީ:

    ޝާހިދު ތެކެރާ މަސައްކަތަށް ސާބަސް ދެން. ހަމަ ޔަޤީނުނަސް މިސައިޓާގެ ސަބަބުން މަކަހަލައި ރަށުން ބޭރެ ވޭޑޭ މީހުނަށް މިޔާގެ ސަބަބުން ކެރާ ފައިދާ ވަރަށް ބޮޑޮ. މީދޫ ހިގާ ކަންތެތި ވަގުތުން ވަގުތަށް ގެނެސްދޭކަމީ އަފިންނަށް ރަށި ކަންތެތި ގާތުން އެގޭ ކަމަށް. ޝުކުރިއްޔާ ޝާހިދަށް އަދި މިސައިޓާ ލޭނަ އެންމެނަށާއި އެކި ގޮތްގޮތުން އެހީތެރިވޭ އެންމެނަށް ޝުކުރުގެ ބަހަށް އަދާކެޑުމަކީ އަފިރިންގެ ވާޖިބަށްކަމަށް ދެކެން…
    ޝުކުރިއްޔާ

  • sophie ގެ ޚިޔާލަކީ:

    Congratulations to Meedhoolive team! You guys are doing a fantastic job. I went through your site and noticed that your photo gallery section is not updated. May be you should consider including photos of social issues which needs to be brought to light. Good luck to you all

  • ހޭލާ ގެ ޚިޔާލަކީ:

    މިކަހަލެއި ދަރިން މީދޫ މިކޯ ވަރަށް މަދު ސާބަސް ތެކެރާ ހިތްވަރަށް

  • nasy ގެ ޚިޔާލަކީ:

    thiya kahala kudhin kolheh ufanve thiya masaikai kurumuge thaufeeq dhevvythy allah ah shukurukuran.

Trackbacks